65 އަަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ލެވޭ ގޮތަށް އިސްލާހު ހުށައަޅަނީ

ރައްޔިތުން މަޖިލިސް އިނގުރައިދޫ ދައިރާ މެމްބަރު، އިބްރާހިމް ފަލާހު: ފަލާހު ވަނީ 65 އަހަރުން މަތީގެ މީހުންނަށް ވެސް ރައިސް ކަމަށް ކުރިމަތިލެއްވޭނެ ގޮތައް ގާނޫނު އިސްލާހު ކުރަން ހުށައަޅަން ނިންމާފަ -- ފޮޓޯ މަޖިލިސް

އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތި ލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށައަޅާނެ ކަމަށް، ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުން މަޖިލިސް އިނގުރައިދޫ ދައިރާ މެމެބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދުގެ މިހާކަށް ވާން ޖެހޭނެ ކަމަށް ބުނެ ގާނޫނު އަސާސީ އިސްލާހުކޮށްފަ އެވެ.

ފަލާހް މިއަދު "ސަން" އަށް ވިދާޅުވީ އަންނަ ހަފްތާގައި ހުށައަޅާ މި އިސްލާހަކީ ހަމަ އެކަނި 65 އަހަރުން މަތީގެ ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް އޮންނަ އޮތުމަށް ގެންނަ އިސްލާހެއް ކަމަށެވެ. އޭނާ ވިދާޅުވީ 30 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތިލެވެ ގޮތަށް އޮންނައޮތުން ބަދަލުކުރަން ހުށަނާޅުއްވާނެ ކަމަށެވެ.

ކުރިން ވެސް ވަކި އުމުރެއްގެ މީހަކަށް ރައީސް ކަމަށް ކުރިމަތިލެވެން އޮންނަން ތާއިދު ނުކުރާ ކަމަށާއި 65 އަހަރަކީ ރާއްޖޭގެ މީހުންގެ ސިއްހީ ހާލަތައް ބެލި ކަމުގައި ވިޔަސް، މީހުންގެ ސިއްހީ ހާލު ވަރަށް ވަރުގަދަކޮށް ތިބޭ އުމުރެއް ކަމަށް އެނާ ވިދާޅުވި އެވެ.

"އޭރު ޕާލިމަންޓްރީ ގުރޫޕް އެގޮތަށް ނިންމީމަ ތާއީދު ކުރީ، ނަމަވެސް މިހާރު މިވަގުތު ހާލަތާ ގުޅޭ ގޮތުން އާޅުގަނޑު ބޭނުން ވަނީ މި އިސްލާހު ގެންނަން؛" ފަލާހު ވިދާޅުވިއެވެ.

ގާނޫނު އަސާސީ އަކީ އަބަދުވެސް އިސްލާހު ކުރަމުން ރަގަޅުކުރަމުން އަންނަ އެއްޗެއް ދެއްތޯ؟ ކުރީގެ ފާސް ކުރާ އެއްޗެއް އަލުން އޭތި ރަނގަޅުކޮށްފަ އެގޮތައްދެއްތޯ މި ދަނީ؛" ކުރިން އެ އިސްލާހަށް ތައިދުކޮށް ވޯޓު ދެއްވި ފަލާހު ވިދާޅުވި އެވެ.

ފާލާހު ވިދާޅުވީ، އެ މައްސަލަ ހުށައަޅުއްވަނީ އަމިއްލަ ގޮތުން ކަމަށާއި ނަމަވެސް ޕީޕީއެމް އާއި މަޖިލިސް ގެ ގިނަ މެމްބަރުންގެ ތާއީދު މިކަމަށް ލިބޭނެ ކަމަށެވެ.

އޭނާއަށް ގަބޫލުނުކުރެވޭގޮތަށް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތައް އުވާލަން ކުރިއަށްއޮތް ދުވަސްތަކުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ގާނޫނު އަސާސީ އެކުލަވާލިއިރު، އޭގައި ކަނޑައަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތަކީ 35 އަހަރުން މަތީގެ ބޭފުޅަކަށްވުން ކަމުގައެވެ. ނަމަވެސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ ޝަރުތަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ބަދަލު ގެނައުމަށްފަހު އަދީބަށް ވަނީ ނައިބު ރައީސްކަން ދެއްވާފައެވެ.

ފަލާހު ވިދާޅުވީ ވަރަށް އަަވަހަށް ޕެންޝަންގެ ގާނޫނަށް ވެސް އިސްލާހު ހުށައަޅުއްވާނެ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ފަލާހު ނުދެއްވަ އެވެ.

comment ކޮމެންޓް