ލ. މުންޑުއަށް ނަގޫރޯޅިއެއް އަރައި ދެގެއަކަށް ގެއްލުން ވެއްޖެ އެވެ.
މުންޑޫގެ ކައުންސިލް އިދާރާގެ ނައިބު ރައީސް އާދަމް ނާސިފު "ސަން" އަށް ވިދާޅުވީ ނަގޫރޯޅި އެރީ މިއަދު މެންދުރު ފަހު 13:45 ހާއިރު ކަމަށެވެ.
ނާސިފު ވިދާޅުވީ ނަގޫރޯޅި އަރައި ދެ ގެއެއްގެ ފުރާޅު އެއްލާލައި ގޭތެރޭ ސާމާނުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިއްސާރަ ފުދޭވަރަކަށް. ވައި އެހާމެ ގަދަ. އަންގަން ޖެހޭ ފަރާތްތަކަށް ވާނީ އަންގާފައި. އެމްއެންޑީއެފްގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުންދަނީ. ރަށުގެ ރައްޔިތުންނާއި ކައުންސިލުން ގުޅިގެން ވަނީ އެ ގޭގެ ފުރާޅުގައި ސަތަރި އަޅާފައި،" ނާސިފް ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހަފުތާގައި ވިއްސާރަ ކުރަމުންދާ އިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.