ލަވަކިޔުންތެރިޔާ ޝިނެއިޑް އޯ ކޯނާ އިސްލާމްވެއްޖެ

ލަވަކިޔުންތެރިޔާ ޝިނެއިޑް އޯ ކޯނާ---

އަޔަލޭންޑް ލަވަކިޔުންތެރިޔާ ޝިނެއިޑް އޯ ކޯނާ އުމުރުން 51 އަހަރުގައި އިސްލާމްވެއްޖެއެވެ.

ޝިނެއިޑޯ އިސްލާމްވިކަން އިއުލާންކޮށްފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓްގައެވެ.

"އަހަރެންނަށް ވިސްނުނީ އަހަރެން ހުރީ އެންމެ ރަނގަޅު ދީނަކު ނޫންކަން. އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީންކަން ވިސްނުނީ. އެހެންވެ އަހަރެން އިސްލާމްވީ،" އޭނާ ބުނެފައިވެއެވެ.

ޝިނެއިޑޯ އިސްލާމްވުމަށްފަހު ވަނީ އޭނާގެ ނަން ޝުހަދާ ޑޭވިޑް އަށް ބަދަލުކޮށްފައެވެ.

ޝިނެއިޑޯގެ ލަވައިގެ ކެރިއަރުގައި އެންމެ ފުރަތަމަ ނެރުނު ލަވަ އަލްބަމަކީ "ދަ ލަޔަން އެންޑް ދަ ކޯބްރާ" އެވެ. އޭނާ މިއުޒިކްގެ ތެރެއަށް ނުކުތީ އަށްޑިހައިގެ އަހަރުތަކުގައެވެ.

comment ކޮމެންޓް