ސްނެޕްޗެޓަށް ވުރެ ކުރީގައި އުޅެނީ އިންސްޓަގްރާމް

ސްނެޕްޗެޓަށްވުރެ ގިނައިން ފުރާވަރުގެ ކުދިން އިންސްޓަގްރާމު ބޭނުންކުރާކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

މި ދިރާސާގެ ނަތީޖާ ދައްކާގޮތުން އިންސްޓަގްރާމަށް ކުރިލިބެނީ އެންމެ ޕަސެންޓެއްގެ ތަފާތުންނެވެ. ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 85 ޕަސެބްޓު ކުދިން ބުނަނީ މަހެއްގެ މައްޗަށް މަދުވެގެން އެއްފަހަރު އިންސްޓަގްރާމު ބޭނުންކުރާ ކަމަށެވެ. މަހެއްގެ މައްޗަށް ސްނެޕްޗެޓު ބޭނުންކުރާ ކުދިންނަކީ ދިރާސާގައި ބައިވެރިވި ކުދިންގެ 84 ޕަސެންޓެވެ.

ސޯޝަލް މިޑިއާ ބޭނުންކުރާ ފުރާވަރުގެ ކުދިންގެ މެދުގައި އެމެރިކާގައި ކުރިއަށްގެންދިޔަ މި ދިރާސާގެ ނަތީޖާ ބުރަވާގޮތުން ދިރާސާގައި ބައިވެރިވި ކުދިންގެ 46 ޕަސެންޓު ކުދިންގެ "ފޭވަރިޓް" ޕްލެޓްފޯމަކީ ސްނެޕްޗެޓެވެ. އިންސްޓަގްރާމަށް ލިބުނީ 32 ޕަސެންޓު ކުދިންގެ ވޯޓެވެ.

މީގެ ކުދިން ސްނެޕްޗެޓު ބޭނުންކުރާ ޒުވާނުންނަށްވުރެ އެ ޕްލެޓްފޯމު ބޭނުން ކުރާ މީހުންގެ އަދަދު މިހާރު ވަނީ މަދުވާން ފަށައިފައެވެ. ސްނެޕްޗެޓުން މިދިޔަ އޮގަސްޓުމަހު އާންމު ކުރި ތަފާސްހިސާބުތަކުންވެސް މިކަން ފެނިގެން ދެއެވެ. މިމަހުގެ 11 ވަނަ ދުވަހު ސްނެޕްޗެޓުން ވަނީ އެ ކުންފުންޏަށް ލިބޭ ފައިދާ ދަށްވަމުންދާކަންވެސް ހާމަކޮށްފައެވެ.

ނަމަވެސް އިންސްޓަގްރާމުގެ ޔޫޒަރުންގެ އަދަދު އިތުރުވެ ފައިދާ އިތުރުވެފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް