ހުޅުމާލެ ފްލެޓަކުން ފުންމާލަން އުޅުނު އަންހެނަކު ސަލާމަތްކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޗައިނާ ޓައުންގެ ފްލެޓަކުން ފުންމާލަން އުޅުނު އަންހެން މީހާ ސަމާމަތްކޮށްފައިވަނީ އެޕާޓްމަންޓުގެ ކުޑަދޮރުގެ މަތީގައި ހުންނަ ބެރި މަތީގައި އިންދައެވެ. އެ އަންހެންމީހާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއްކަމަށް އެނގިފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެންމީހާ އިންނަނީ ކުޑަދޮރާ ދިމާ ބެރި މަތީ އިށީނދެއެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލޭ ފްލެޓެއްގެ ކުޑަދޮރުން ފުންމާލަން އުޅުނު މީހަކު ސަލާމަތް ކުރުމުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަންހެންމީހާ ބެރިމަތީ އިށީނދެ އިނދެ ކުޑަ ކުއްޖެއްގެ ވާހަކަ ދައްކާ އަޑު ވީޑިއޯއިން އިވެއެވެ.
"ހެނދުނު 8:30 ހާއިރު ހުޅުމާލޭ ފްލެޓެއްގެ ކުޑަދޮރުން ފުންމާލަން އުޅުނު މީހަކު ސަލާމަތް ކުރުމަށް ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވި. އޭނާ ސަލާމަތް ކުރީ ހަރުގަނޑަކުން އަރައިގެންނާ އެތެރެއިން ކުޑަދޮރުން،"
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.