"ޕަންގާ"އަށް ކަންގަނާ ފަލަވަނީ!

ކަންގަނާ....

ބޮލީވުޑްގެ ރީތި ބަތަލާ ކަންގަނާ ރަނާއަތު އޭނާގެ ކުރިޔަށް އޮތް ފިލްމު "ޕަންގާ"އަށް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަށް ނިންމައިފިއެވެ.

އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓް ކުރާ އެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ކަންގަނާ އޭނާގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން 10 ކިލޯ ބަރުކުރަން މިހާރު ވަނީ ނިންމާފައެވެ.

އެ ފިލްމުގައި ކަންގަނާ ފެންނާނީ ދުނިޔޭގެ ފެންވަރުގެ ކަބައްޑީ ކުޅުންތެރިއެއްގެ ރޯލުން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. ހަަބަރުތައް ބުނާ ގޮތުގައި ވަރަށް އަވަހަށް ކަންގަނާ ކަބައްޑީގެ ޕްރެކްޓިސްތައް ފަށަން ވަނީ ހަމަޖެހިފައެވެ.

"ޕަންގާ"އަކީ އާއިލީ ގުޅުމުގެ ތެރެއިން ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއް އަދި ކުރިމަތިވާ ކޮންމެ ކަމެއް އެކީގައި ހިއްސާ ކުރާ ބައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ފަސްޓު ލުކް މިހާރު ވަނީ ފިލްމުގެ ބައެއް ތަރިންނާ އެކު ދައްކާލާފައެވެ.

އެ ފިލްމުގައި ކަންގަނާ އާއެކު ޖައްސީ ގިލް އާއި ނީނާ ގުޕްތާ ފަދަ ތަރިންގެ އެކްޓިން ފެންނާނެއެވެ.

ހަބަރުތައް ބުނާ ގޮތުގައި ކަންގަނާ ހުރީ "ޕަންގާ"ގައި އޭނާ ކުޅޭ ރޯލާމެދު ވަރަށް ހިތްހަމަޖެހިފައެވެ. ފިލްމުގެ ސްކްރިޕްޓް ކަންގަނާ ކިޔާފައިވާ ކަމަށާއި ޝޫޓިންއަށް އޭނާ ކެތްމަދުވެފައި ހުރި ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. ކަންގަނާ އަކީީ ތަފާތު ރޯލުތަކުން މޮޅު އެކްޓިން އެއް ދައްކަމުން އަންނަ ބަތަލާ އެކެވެ.

ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި އަންްގާފައި ނުވާއިރު ބޮޑަށް ބެލެވެނީ ސިނަމާ އަށް "ޕަންގާ" އަންނާނީ އަންނަ އަހަރު ކަމަށެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 19ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ. އަދި ހަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ގައި ރިލީޒްކުރާ ފިލްމު "މެންޓަލް ހޭ ކިޔާ" އިންވެސް ކަންގަނާ ފެންނާނެއެވެ.

comment ކޮމެންޓް