އަރުވާލެވިގެން ތިބެ ސަރުކާރުން ހިންގި ޖަރީމާތައް ފަޅާއެރުވިން: ނަޝީދު

ރައީސް ނަޝީދު

އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ރާއްޖެ އިން ބޭރުގައި އަމިއްލައަށް އަރުވާލެވިގެން ތިބެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަމުން ދިޔަ ކޮރަޕްޝަނާއި އެހެނިހެން ޖަރީމާތައް ފަޅާ އަރުވާލާފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ސައުތު އޭޝިއާ އިންސިޓިޓިއުޓްގައި ރޭ ތަގުރީރުކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަރުކާރުން އޭނާ ދެކެނީ ބޮޑު ކުށްވެރިއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ދުނިޔޭގެ ބޮޑެތި ޑިމޮކްރެސީތަކުންނާއި ޔޫރަޕިއަން ޔޫނިއަނުން އޭނާގެ ދިފާއުގަޔާއި މިނިވަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ފާއިތުވެގެން މިދާ ފަސް އަހަރަކީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ނުރައްކާ ތަނެއްގެ ގޮތުގައި ނަޝީދު ވަނީ ސިފަ ކުރައްވާފަ އެވެ. އަދި އެ

"ބޮޑެތި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ގިނަ ކަންތަތަކެއް ވަނީ ފަޅާ އަރުވާލެވިފައި. އެހިރިހާ ޖަރިމާތާތަކެއް ހިންގުމުގެ އަޑީގައި އޮތީ ސަރުކާރު. ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކެއް ވަނީ ޖަލަށްލައި އަދި އަނެއް ބައީމީހުން ވަނީ އަމިއްލައަށް އަރުވާލެވިފައި،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އަލުން އަނބުރާ ޑިމޮކްރެސީ އަށަގެންނެވުމަށް އަމިއްލައަށް އަރުވާލެވިގެން އައި ސިޔާސީ މީހުނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސްރީ ލަންކާއިންނާއި އިނގިރޭސިވިލާތުންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އިނގިރޭސިވިލާތިގައި ބައްދަލުކޮށް ރައީސް ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތަކާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ކަންތަކުގެ ހެކި އެއްކުރިން ވަކިން ހާއްސަކޮށް މަރުތަކާއި ގުޅޭ ހެކި ވެސް އެއްކުރިން،" ނަޝީދު ވިދާޅުވި އެވެ.

ބަދަލަކަށް ބޭނުންވެ އަޑުއުފުލަމުންދިޔަ ފަރާއްތަކާއި އެކު ކޯލިޝަން ހަދައި މަސައްކަތްކޮށް އިންތިހާބްގައި ރައީސް ޔާމީން ބަލިކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިލެކްޝަނާއި ހަމައަށް އައިއިރު ހުރިޔާ ސިޔާސީ ލީޑަރުން ވަނީ ހިފާ ހައްޔަރުކޮށް ނުވަތަ އަމިއްލަ އަށް އަރުވާލެވިގެން ބޭރުގައުމު ތަކުގައި،" ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގު އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްރުކުރިކަން ސާބިތުވެ ޓެރެރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. އަންނަ ނޮވެމްބަރ އެއް ވަނަ ދުވަހު މާލެ ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައިވާ ނަޝީދު މިއަދު ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ރޭގައި ވިދާޅުވެފަ އެވެ.

comment ކޮމެންޓް