އިންޑިއާގެ އިގްތިސޯދު ފަހަތަށް ދަނީ!؟

ރިޒާވް ބޭންކު އޮފް އިންޑިއާ---

ފާއިތުވި ދުވަސްތަކުގައި އިންޑިއާ ރުޕީސްގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާއިރު އެގައުމުގެ އިގްތިސޯދަށް މީގެ ނުރަނަގަޅު އަސަރުކުރަމުންދާކަމަށް މާހިރުން ބުނެފިއެވެ.

ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް އެގައުމުގެ މާލީ އިދާރާ، އިޒާވް ބޭންކް އޮފް އިންޑިއާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއަން ރުޕީސްގެ އަގު ވެއްޓި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމާއެކު އިންފްލޭޝަން ރޭޓް އުފުލި ދެން ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތައް ކުޑަކުރުމަށް އެގައުގެ ކަމާބެހޭފަރާތްތަކުން ވަނީ މަސައްކަތް ފަށައިފައެވެ. ރުޕީސްގެ އަގު މަތިވެ އިންޑިއާ އަށް އެތެރެކުރާ މުދަލުގެ އަގު ވަނީ މައްޗަށް ދާން ފަށައިފައެވެ.

އިންތިސޯދަށް ކުރިމަތިވެދާނެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމަށް އިންޑިއާ ސަރުކާރުން ވަނީ އެގައުމަށް އެތެރެކުރާ ބައެއް މުދަލުން ޓެރިފް ނަގަން ފަށައިފައެވެ. އަދި ފޮރިން އިންވެސްޓަރުންނަށް އިންޑިއަން ރުޕީސް އިން ބޮންޑު ވިއްކަންވެސް ވަނީ ފަށައިފައެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ އެގައުމުގެ އިގްތިސޯދަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ދުނިޔޭގެ އެހެން ބޮޑެތި އިގްތިސޯދުތައް އަޑިއަށް ދާން ފަށާފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އެގޮތުން އެމެރިކާ ފަދަ އިގްތިސޯދުތަކަށްވެސް ލޮޅުން އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އެންމެ ބޮޑު ސަބަބކީ ތެލުގެ އަގު އުފުލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް