ތަފާތު ލޯތްބެއް (36)

"ވީ އާ ހިއާ. ލެޓްސް ގެޓް މެރީޑް އޭޒް ސޫން އޭޒް ޕޮސިބަލް.. އޯކޭ...." ކެމިލާގެ މާމައާއި ކޮއްކޮ ދިރިއުޅޭ ގެއާއި ހަމައަށް ކާރު މަޑުކޮށްލާފައި ހިނިތުންވެލަމުން ކައިޒާން ބުނެލައިފިއެވެ. ކެމީލާ ހިނިތުންވެލީ ކައިޒާންއަށް ރައްދު ދިނުމުގެ ގޮތުންނެވެ. ކާރުން ފައިބައިގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކައިޒާން އިންތިޒާރުކުރީ ކެމީލާ އެނބުރި ބަލާލާނެކަމުގައެވެ. ކުރިން ހަދާހެން އެނބުރި ބަލާލާފައި ލަދުވެތި ހިނިތުންވުމެއް ދޭނެކަމުގައެވެ. އެކަމަކު މިފަހަރު އެހެނެއްނުވިއެވެ. ކެމީލާ އެހެނެއް ނެހެދިއެވެ. ކައިޒާން ނޭވާއެއް ލާފައި ތުންފަތުގައި ދަތްއެޅިއެވެ. އަދި ކާރު ދުއްވާލައިފިއެވެ. ކެމީލާއަށް ނާޔަލް ކެންސަރާއި ހަގުރާމަ ކުރަމުންދާކަން އެނގުމުން އޭނައާއިއެކު އަލުން ހަޔާތެއް ފަށަން އެއްބަސްވާނެ ހެއްޔެވެ. އެތައް ސުވާލުތަކެއް ސިކުނޑީގައި އެނބުރެން ފެށިއިރު ލޮލުގައި ކަރުނަ ތިކިތައް ވިދަންފެށިއެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައީ ހަލުވިކަމާއެކުގައެވެ. ކެމީލާ ގިނަވަގުތު ހޭދަކުރަނީ މާމަ އަދި ޖޫލްއާއިއެކުގައެވެ. ކައިޒާންގެ ފޯނަށް ޖަވާބުދިނުން އޭނައަށް މުހިއްމެއް ނުވިއެވެ.

"ދޮންތާ ހާދަ ބަދަލުވެއްޖެއޭ ޔޫ ނޯ ދެޓް؟ އަހަރެން ހިތަށް ނާރާ އެހެން ހަދާފާނެއޭ. ތިމާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް. އޭނަގެ ބޭބެގެ ހިތް ހަލާކުކޮށްފައި. އާ ޔޫ އިވެން މައި ސްވީޓް ސިސް؟ ކޮންކަހަލަ އީވިލް ޕާސަންއެއް ދޮންތަ ރިޕްލޭސްކޮށްފައި އައިސް ތިއުޅެނީ........." ނިޔަފަތިތައް ވައިލެޓްކުލައިން ޕެއިންޓްކުރަން އިން އުލާގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. އޭނަ ވާހަކަދެއްކީ ރުޅިންނެވެ. "އާހް މަގޭ ހިތް ހަލާކުވަނީ"

ކުއްލިއަކަށް އުލާ ރޮއިގެންފާ ތެދުވިގޮތަކުން އޭނަ ގެންގުޅުނު ކުލަތައް ކައުޗަށް ފޭދުނެވެ. "ޔޫ އާ ރިއަލީ ހާޓްލެސް"

"ވަޓް؟ " ކެމީލާގެ މޫނުމަތިން މަސްހުނި ކުލަވަރުތަކެއް ފެނިގެން ދިޔުމާއިއެކު ދޫކޮށްލި ނޭވާގެ އަޑު ބޭރަށް އިވުނެވެ. ސޯފާއަށް ވެއްޓިގަތްގޮތަށް އޭނަ މޫނު ފޮރުވައިލީ މަޑުމަޑު ކުޝަންއެއްގައެވެ. "އައިމް ޓަޔާޑް. އުލާ ކެން ޔޫ ބީ ކުއައިޓް "

"ކީއްވެތަ؟ ނާޔަލްބެގެ އިސްތަށިކޮޅު ފައިބާ ހުސްވެދާނެތީތަ؟ ޔޫ އާ ރިއަލީ ސަމްތިން ކެމީލާ. އެޓްލީސްޓް އަންޓިލް........އަންޓިލް މައި ޕުއާ ޕުއާ ބްރަދާ އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކުރަންދެންވެސް....އޯ މައި ހާޓް..." އުލާ މޭގައި އަތް އަޅާލަމުން ސޯފާއަށް ތިރިވިއެވެ. އުލާ މިހާ ޑްރެމެޓިކް ވެގެން އުޅެނީ ކީއްކުރަން ހެއްޔެވެ. މިއީ ކޮންހާ ހާސަރެއްހެއްޔެވެ؟ ނާޔަލްގެ އިސްތަށިކޮޅު ފައިބާ އެންމެފަހު ނޭވާ ދޫކޮށްލަންވީ ސަބަބެއް އޭނަގެ ސިކުނޑިއަކަށް ނުވަނެވެ.

"ވަޓް؟ "

"ވަޓް ޑޫ ޔޫ މީން ވަޓް " އުލާ ރުޅިވެރިކަމާއިއެކު ހަޅޭއްލަވައިގަތެވެ.

ކީކޭ ތިކިޔަނީ އުލާ..ޔޫ އާންޓް މޭކިން އެނީ ސެންސް.." ކެމީލާ މޫނުން ކުޝަން ނަގާފައި އޮތްގޮތަށް އޮވެ ކަތި ނަޒަރަކުން ކޮއްކޮގެ މޫނަށް ބަލައިލިއެވެ. ކެމީލާގެ ދެލޮލުން ނުތަނަވަސްކަމާއި ހައިރާންކަން ފާޅުވެއެވެ. ހިތާމައިގެ ސަބަބުން ހިތް ކުދިކުދިވާއިރު އުލާ ދައްކާ ވާހަކަތަކުން ރަގަޅަށް ބޮލަށް އުދަގޫވެއްޖެއެވެ. އުލާ ކަޅިއަޅައިލިއެވެ. ނަމަވެސް ކެމީލާގެ މޫނުމަތިން ފެނުނު ތެދުވެރިކަމާއި ސުވާލުގެ ނަޒަރުގެ ސަބަބުން އުލާގެ މޫނުމަތިން ހަރުކަށިކަން ފިލާ މަޑުވެލިއެވެ.

"ދޮންތައަކަށް ނޭގޭތަ؟ " އުލާއަށް ވައިއަޑަކުން އަހައިލެވުނީ ސުވާލެއްގެ ގޮތުގައެއް ނޫނެވެ.

ކޮންކަމެއް ނޭގޭހެއްޔޭ...." ކެމިލާ އަހައިލިއެވެ.

"ނޯޔާ ދޮންތައާއި ރުޅިވީ ސަބަބަކީ ކޮބާ...."

"އައި ލެފްޓް ހާ ބްރަދާ. އައި އަންޑަސްޓޭންޑް. ނޯޔާ ބޭނުމެއްނުވޭ އަހަންނާއި އެކުވެރިކަން ބާއްވަން. އައިމް ސޭޑް ބަޓް އައި އަންޑަސްޓޭންޑް....." ކެމީލާގެ ހިތާމަވެރި ނަޒަރު ސީލިންއަށް ހުއްޓުނެވެ. ނާޔަލްއާއި ވަކިވުމަށްފަހު ހިތަށް ހަމަޖެހުމެއް ލިބި ދިރިއުޅުމާއިގެން ކުރިއަށް ދެވިދާނެކަމަށް ހީކުރުމަކީ ގޯހެކެވެ. މިހާ ހިތްދަތި ދުވަސްކޮޅެއް ހަޔާތުގައި އައި ހަދާނެއް ނުވެއެވެ. ކެމީލާ ކުޝަން އެއްލާލާފައި ތެދުވުނީ އެތަނުން ދާން ކަމަށެވެ. އުލާއާއި ވާހަކަދެއްކުމުން ހިތުގައިވާ ރިހުން އިތުރުވުން ނޫންކަމެއް ނުވިއެވެ.

"ހީ ހޭޒް ކެންސާ. ހީޒް ޑައިން. ހައު ކެން ޔޫ ބީ ސޯ އިގްނޮރެންޓް ޔޫ ވާ ހިޒް ވައިފް......."

ކެމީލާ އެނބުރި ބަލައިލިއިރު އެ ލޮލުން ފެނުނީ ހައިރާންކަމެވެ. ހުސްކަމެވެ. އެފަދަ ހުސްކަމެއް ދުވަހަކު އެލޮލުން ފެނުނުކަމެއް ނޭގެއެވެ. އުލާ ދެއްކި ވާހަކަ ނަގައިގަނެވުނުހެނެއް ހިޔެއްނުވެއެވެ.

"ދޮންތާ......."

"ޔޫ ޑިޑްންޓް ނޯ...." މިފަހަރު އުލާ ތެދުވެގެން އައިސް ކެމީލާގެ ގައިގާ ބައްދައިލީ ކެމީލާގެ މޫނަށް ވެރިވި ކުލަވަރު ފެނިފައެވެ. ހައިރާންވެ ޝޮކެއްގައެވެ. މޫނު ހުދުވެފައެވެ. ކެމީލާގެ މޫނަށް ވެރިވެފައިވީ އޭނަގެ ލޮލުގައިވާފަދަ ހުދު ކުލައެކެވެ. ތަފާތެއްނެތެވެ. ތުންފަތުގެ ރަތްކުލަވެސް ފަނޑުވެއްޖެއެވެ. ދެލޮލުގައިވާ ވިދުންވެސް ގެއްލުނެވެ. އެވަރުގެ ސިހުމެއް ހަޔާތުގައިވެސް ލިބުނުކަމެއް ނޭގެއެވެ. ނާޔަލް ކެންސަރު ޖެހުނުކަމަށް ބުނެ އުލާ އެހެދީ ތެދަކަށް ނުވާނެއެވެ. ނާޔަލް އެއަށްވުރެ މާ ސިއްހަތު ރަގަޅެވެ. އެހާ ހިތްވަރުގަދައެވެ. ކެންސަރު ބަލިމީހުން އެހާ ހަރަކާތްތެރިކޮށް އުޅޭހެއްޔެވެ. އުލާ އޭނަ ތަޅުވާލަންވެގެން ނުބައި ދޮގެއް ހެދީއެވެ. އުލާ އޭނައަށް ނާޔަލް ކެންސަރު ޖެހިފައިވާކަން އެނގުނު ގޮތް ކިޔައިދިނެވެ.

ނޫނެކެވެ. ނޫނެކެވެ. މިހެނެއްނުވާނެއެވެ. ނާޔަލް މަރުވާނީހެއްޔެވެ. އިރާދަކުރެއްވިއްޔާ ނާޔަލް ދިރިހުންނާނެއެވެ. ނަމަވެސް ޖެހުނީ އާދައިގެ ބައްޔެއްނޫނެވެ. އެންމެ ނުރައްކާތެރި ބައްޔެވެ. ކެންސަރެވެ. ކެމީލާގެ އަތް ތުރުތުރުލާންފެށީ ފިނިވެގެނެއްނޫނެވެ. މުޅިހަށިގަނޑުވެސް ރޫރޫއަޅަންފެށިއެވެ. ކެމީލާގެ ކަރުނަތައް އައީ ކުއްލިއަކަށެވެ. ކޮންޓްރޯލްނުވެއެވެ. "އުލާ އޯ ނޯ. ގޯޑް ޔާ ﷲ. ނާޔަލް........." ކެމީލާ ދެއަތުން މޫނު ފޮރުވިއެވެ. ކިތަންމެ ވަރަށް މަތަކުރަން މަސައްކަތްކުރިޔަސް ކަރުނަތައް ހިފެހެއްޓުމަކީ ކުރެވޭވަރުގެ ކަމަކަށްނުވިއެވެ. ރޮވެންފެށިގޮތަށް ހުއްޓައެއް ނުލެވުނެވެ. އަޑުވީ ބާރެވެ. އުލާ ވީވަރަކުން ކެމީލާ މަސަލަސްކުރަން މަސައްކަތްކުރިއެވެ.

"މާކް ބުނި ނާޔަލް މިއަދު ފުރަނީއޭ. ދޮންތާ. މިއީ ނާޔަލްބެގެ އެންމެ ފަހު ދަތުރުކަމަށްވެސް ވެދާނެ. އޭނަ ސްވިޒަލޭންޑަށްދަނީ އެކަނިމާ އެކަނި. އެއްވެސް މީހަކު އެކީ ގެންދާކަށް އެއްބަހެއް ނުވި...." އުލާ އަވަސްއަވަހަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީ ވަގުތު ކުޑަތަންވަމުންދާ ކަމުގެ އިހުސާސްކުރެވިއެވެ. އޭނަގެ ދޮންތަ އަބަދުވެސް އޭނަގެ ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއްގައި އެހީތެރިވެ އަޅާލިއެވެ. އޭނަގެ ދިރިއުޅުން ކުރިއާ ބަލާއިރު ހާސްބައި ރަގަޅުވިއެވެ. ދޮންތަގެ ސަބަބުންނެވެ. ފޫހި ހިތްދަތި ދިރިއުޅުމެއެއްގައި އުޅުނު ދުނިޔޭގެ ނަރަކައިގެ އެންމެ ފުންމިނުން ސަލާމަތްކޮށް އުފާވެރިކަން ހޯދައިދިނީ ދޮންތައެވެ. އަމިއްލަ ގައުމުގައި އަމިއްލަ ގޭގައި ނުހޯދުނު ހުރިހާ ހިތްހަމަޖެހުމެއް ލިބި އެމެރިކާއަށް ގެނެސްދިނީ ދޮންތައެވެ. އަދި އެއީއެއްނޫނެވެ. ނުބައި ގޯޅި އަޅާފައިވަނިކޮށް އޭނަ ދީނަށް އަހުލުވެރިކުރުވީ ދޮންތައެވެ. ވީއިރު ކެމީލާ އެހާލުގައި ހުރިތަން ފެނުމުން އަސަރުނުކުރާންވީ ކީއްވެހެއްޔެވެ. ކެމީލާގެ ހާލު ފެނި ވަރަށް އުދަގޫވިއެވެ.

"އައި ހޭވް ޓު ގޯ ބެކް ޓު ހިމް އުލާ...." ކެމީލާ ކުއްލިއަކަށް ހެދުމުގެ އަތުކުރިން ގަދަޔަށް ލޯ ފޮހެލިއިރު މޫނަށް ރަތްކުލަ އަރައިފިއެވެ. ދެލޯ ދުޅަވެގެން އެހެން ކަމެއްހެން ހީވިއެވެ. ރޮއިގެން އެއްވެސް ކަމެއް ހައްލެއް ނުވާނެއެވެ. އުލާއަށް އެއްވެސް އެއްޗެކޭ ބުނުމުގެ ކުރިން ކެމީލާގޮސް އޮބާލައިފިއެވެ. ފެނުނީ ކާރަށް އަރާ ނައްޓައިލިތަނެވެ. ނާޔަލް ކާރު ދުއްވަން ދަސްކޮށްދިނަސް އޭނަ މިނޫނީ ކާރަކަށް އަރާފައެއް ނުވެއެވެ. ނާޔަލްމެން ގެއާއި ކައިރިވިތަނާ ސްނޯ ބޯވުމުގެ ސަބަބުން ކުރިއަކަށް ނުދިޔައެވެ. ކާރުން ފައިބައިގެން ކެމީލާ ރޮމުން ދުވަމުން ދިޔައީ ފިނިގަދަވެގެން އަމިއްލަ ފައިތިލައިގެ އިހުސާސް ކެނޑެންދެނެވެ. ދުވަމުން ދިޔައީ އަމިއްލަ ހިތް ހުއްޓިދާނެހެން ހީވާވަރަށެވެ. އޭނަގެ އަމިއްލަ ނަފުސްވެސް އޮޅޭހާވަރަށެވެ. އޭނަދުވީ އޭނަ ބަލިވީ ދުވަހު އެހީތެރިވެ އަޅާލި ޒުވާނާއަށްޓަކައެވެ. އޭނަގެ ހުރިހާ މުއްސަދިކަމެއް ދޫކޮށް އޭނައާއިއެކުވާން ނިންމި ޒުވާނާއަށްޓަކައެވެ. އޭނައަށްޓަކާ މުޅި އާއިލާއާއި ވަކިވާން ޖެހިލުން ނުވި ޒުވާނާއަށްޓަކައެވެ. އެމީހެއްގެ ހުރިހާ ހުވަފެންތައް ސިކުންތުކޮޅެއްގެ ތެރޭ ވިއްސި ވިހާލިކޮށް ހިތް ހަލާކުކުރިއިރުވެސް އޭނައަށްޓަކާ އެ ހިތް ތެޅުނު ޒުވާނާއަށްޓަކައެވެ. އެހާ އަނިޔާވެރިކޮށް ކަންތައްކުރުން ހައްގު ނުވާ ޒުވާނާއަށްޓަކައެވެ. ދުވަހަކުވެސް އެއީ ކާކުކަން ދަސްކޮށް އެކީ އުޅެން މަސައްކަތް ނުކުރެވެނު ޒުވާނާއަށްޓަކައެވެ. އޭނަ ނަފްރަތުކޮށް ރުޅިއަރާކަން ހާމަކުރި ޒުވާނާއަށްޓަކައެވެ. ދުވަހަކު ފޫހިކަމެއްނެތި އޭނައަށް އަޅާލި ޒުވާނާއަށްޓަކައެވެ. އެންމެފަހު ވަގުތާއި ޖެހެންދެން އޭނަދެކެ ތެދުވެރި ލޯތްބެއް ވި ޒުވާނާއަށްޓަކައެވެ. ހަޔާތުގެ އެންމެ ފަހު ވަގުތުތައް ގުނަމުންދާ ޒުވާނާއަށްޓަކައެވެ. އެންމެފަހުން އެމީހަކަށްޓަކާ އޭނަގެ ހިތުގައި ވިންދުޖަހަން ފެށި ޒުވާނާއަށްޓަކައެވެ.

"ފޯ ދަ މޭން އައި އައި ރިއަލީ ލަވް ޑީޕްލީ......" ގައިނެތް ބާރުލާފައި ދުވީ ހަމައެކަނި އޭނަ ލޯބިވާ ފަރާތަށްޓަކައެވެ. އޭނަގެ ނާޔަލްއަށްޓަކައެވެ.

ނާޔަލްގެ ގޭގެ މަލަމަތި ފެނުމުން ދުވުން މަޑުކޮށްލިއިރު އޭނަގެ ގައިގާ ކޮޅަށް ހުންނާނެ ވަރެއްވެސް ނެތެވެ. އެހާ ބޮޑަށް ވަރުބަލިވެ މޫނަށް އަނދިރިވާގޮތްވެ ކިރިޔާ ކޮޅަށް ހުރެވުނުކަމެވެ. ހާސްކަމާއި އުދަގުލާއެކު ނޭވާތައް ލަމުން މޭގައި އަތް އަޅާލައިގެން ހުރެވެސް ނާޔަލްގެ ގޭގެ ފެންޑާ ކަޑައްތުކުރުމަށް ގައިގާ ނެތް ހިތްވަރުލިއެވެ. ބެލްޖެހިއެވެ. ސްނޯ ތޫފާނެއް އައިއިރު ގޮތެއްފޮތެއް ނުބަލާ ފަޒާތެރޭ ސްނޯގެ ބޮޑެތި އެތިކޮޅުތައް ފުމެމުން ދިޔައެވެ. ބަލަބަލާހުއްޓާ ސްނޯއިން މުޅި ހިސާބު ފޮރުވާލައިފިއެވެ. ފިނިގަދަކަމުންގޮސް ލައިގެން ހުރި ބޯ ކެހެރި ހެދުމަށްވެސް ކެތްވާވަރެއް ނޫނެވެ. ހަށިގަނޑުވެސް ގަނޑުވާންފެށިއެވެ. އެވަރުވީއިރުވެސް ކެމިލާއަށް އެހާ ފިނީގެ އިހުސާސެއް ނުކުރެވުނެވެ. ގަނޑުވާއިރުވެސް އެ އިހުސާސެއް ނެތެވެ. ސޯފިއާ ދޮރު ހުޅުވާލުމާއެކު ކެމީލާ ސޯފިއާގެ ގައިގާ ކުޑަގޮތަކަށް ބައްދާލާފައި އެތެރެއަށް ދެމިގެންފިއެވެ. އެއާއިއެކު ނަޒަރުގައި އަޅައިގަތީ މޭޒުމަތީ ގައި އުކާލާފައި ހުރި ރިޕޯޓްތަކެވެ. އެ ރިޕޯޓްތައް ފެނުމާއިއެކު ހިތް އެތައް ހާސް އެތިކޮޅުތަކަށް ބުރުއްސައިގެން ހިގައްޖެއެވެ. އުލާ ދެއްކި ވާހަކަތައް މި ރިޕޯޓުން ސާބިތުވެއްޖެއެވެ. އަތުގައި އޮތް ރިޕޯޓު އިނގިލިތަކުގެ ތެރެއިން ދޫވެގެން ދިޔައިރުވެސް ގަނޑުވެފައިވާ ބުދެއްހެން ހުރެވުނީއެވެ.

ކުއްލިއަކަށް ފެނުނީ ނާޔަލް ސިޑިން ފައިބައިގެން އައިތަނެވެ. ކިތަންމެ ބަލިވިޔަސް ހަރަކާތްތަކުންނާއި ދުވެފައި ސިޑިމަތިން އައިއިރު ކެންސަރާއި ހަގުރާމަކުރަމުންދާ ބަލިމީހެއް ފާޑެއް ނެތެވެ. އެހާ ހިތްވަރުގަދައެވެ. އެހާ ތާޒާއެވެ. ދެންމެ ފެންވަރާލައިގެން އައިފަދައެވެ. އަރާހަމަވުމުން އެހާ ހިތްގައިމު ވަހެއް ކެމީލާގެ ނޭފަތުގައި ހިފައިލިއެވެ.

"ކެމީލާ؟ "

"ވަޓް. ވަޓް ހެޕެންޑް ޓު ޔޫ. އާޔޫ ކްރޭޒީ ޔޫ އާ އައުޓް އިން ދިސް ބްލިޒާޑް؟ނޫވެފައެއް ނު ތިހިރީ..........." ނާޔަލް ކެމީލާގެ ކޮނޑުގައި ދެއަތް ޖައްސާލަމުން މޫނަށް ބަލައިލިއިރު ކެމީލާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ނާޔަލް ކެމީލާ އުފުލާލައިގެންގޮސް ކޮޓަރީގެ އެނދުގައި ބާއްވާފައި ލައިގެން ހުރި ކޯޓު ބޭލުވިއެވެ. ގަނޑުވެފައިވާ ފައިތިލައިގާ އަތް ޖައްސައިލުމުން ނާޔަލްގެ ބީހިލުން އިހުސާސެއްނުވިއެވެ. މިހާރު ކެމިލާ އެ އިހުސާސްތައް ބޭނުމެވެ. ނާޔަލްގެ ފިރުމުންތަކަށްޓަކާ އެ ހިތް ބޭނުންވިއެވެ. މަޑުމަޑުންގޮސް ކެމީލާއަށް ހޫނު އިހުސާސްވާންފެށިއެވެ.

"ކީއްވެ ކެމީލާ ތިއައީ؟ ކެމީލާ ބޭނުންވާ ހުރިހާ އެއްޗެއް ގެންދިޔައީމެއްނު. މުހިއްމު އެއްޗެއް ބާއްވާފައި ދެވުނުނަމަ އަހަންނަށް ގުޅިނަމަ. ތިހާ އުދަގޫ ނުއުފުލާ ބުނިނަމަ ބުނި އެއްޗެއް ހިފައިގެން ގޮސްދާނަން......." ނާޔަލް ބުނެލިއެވެ. އެއަޑުގައި ބަލިކަށިކަންވިއެވެ.

"މެރީ މީ ނާޔަލް...." ކެމީލާ ބުނެލިއެވެ.

"ޔާ އެނީތިން. އައި ކުޑް ހޭވް ބްރޯޓް ޔޫ.........." ވާހަކަދައްކަމުންގޮސް ނާޔަލް ހުއްޓުން އެރިއެވެ. އޭނަގެ ކަންފަތަށް އިވުނީ ރަގަޅަށް ބާވައެވެ. އޭނަގެ ކަންފަތް ބީރުވަނީހެއްޔެވެ. ޑޭމް މައި ބްރެއިން..

"ވަޓް؟ "

"މެރީ މީ ޕްލީޒް....." ކެމިލާ ތަންކޮޅެއް ބާރަށް ބުނެލިއިރު އެމޫނަށް ރަތްކަން ވެރިވާން ފަށައިފިއެވެ. ނާޔަލް ގަބޫލުކުރަން ދަތިވެފައި ބަލަން އިނދެފައި ތެދުވެގެން ގޮސް ޖައްސައިލީ ކުޑަދޮރާއި ދިމާލަށް ހުރި ސޯފާގައެވެ. ކެމީލާއަށް ހުރިހާކަމެއް އެނގުމުން އެނބުރިއައީ ހަމްދަރުވީވެގެންނެވެ. އޭނަގެ ދިރިއުޅުމުގެ ބައްތި އަބަދަށްޓަކާ ނިވެނީކަން އެނގި އެންމެ ފަހު ވަގުތު އޭނަ އެކަނިކޮށް ނުލަން އައި އައުމެކެވެ. ކެމީލާ އެނދުން ފުންމައިލިގޮތަށް ނާޔަލްގެ ގައިގާ ބައްދާލިގޮތަށް ތިރިވަމުންގޮސް ބިންމަތީގައި އިށީންގޮތަށް ދެފައިގާ އޮޅުލައިގަތެވެ. ރޮއިގަތެވެ. ނާޔަލް ބިންމަތިން ނެގުމުން ކަނދުރާގައި މޫނު ފޮރުވިގޮތަށް ރޯންފެށީ ހުއްޓާލަން ބޭނުންނުވާފަދަ ގޮތަކަށެވެ.

"ވައި. ވައި ޑިޑް ދިސް ހޭވް ޓު ހެޕެން..." ކެމީލާ ބުނެލީ އަސަރުކޮށްފައިވާ ގޮތަކަށެވެ. ނާޔަލްއާއި ވަކިވެގެން ދިރިއުޅެވޭނީ ކިހިނެއްހެއްޔެވެ؟

އުލާގެ ފަރާތުން އޭނައަށް ހުރިހާ ކަމެއް އެނގިއްޖެ ކަމަށާއި ކުރިން އެނގުނުނަމަ ނާޔަލްގެ މަންމަ މަޖުބޫރުކުރިޔަސް އޭނަ ވަކިވާން ހިތަށް ނާރުވާނެކަމުގައި ބުނެލިއެވެ. ނާޔަލް ބަލި ސިއްރުކުރީތީ ޝަކުވާކުރިއެވެ. އޭނަ ޖަންނަތުގައިވެސް ވާން އެދެނީ ނާޔަލްއާއި އެކުގައި ކަމަށާއި އޭނަގެ ދުޢާއަކީ މިބަލިން ޝިފާ ދެއްވުންކަމުގައި ބުނެލިއެވެ. ނަތާލީ ފެށުނީއްސުރެން މަޖުބޫރު ކުރާވަރުން އޭނަ ވަކިވިޔަސް ހަގީގަތުގައި އޭނަގެ ހިތް ބަދަލުވިތާ ކިތަންމެ ދުވަހެކެވެ. ނަފްރަތުގެ ދަޅަދެއްކިނަމަވެސް އޭނަގެ ހިތްވަނީ ނާޔަލްއާއި އެކުގައެވެ. ނާޔަލްގެ މަންމައަށް ހެޔޮ ވިސްނުން ދެއްވުމަށް އޭނަ ދުޢާކުރެއެވެ.

"މިއަދު ސްވިޒަލެންޑަށް ފުރާކަމަށް މާކް ބުނި..."

"މާދަން.." ނާޔަލް

"ނާޔަލް އައި ލަވް ޔޫ. ސިންސް ޔޫ ކޭމް ޓު މައި ލައިފް ދިރިއުޅުން އެޑްވެންޗަރަކަށް ވި. މޮނޮޓަނަސް ބޯރިން ލައިފަކަށް ނުވެ އެތައް ތަފާތު އެކްސްޕީރިއެންސެއްވެސް ކުރެވުނު. ހުރިހާ ފައިޓްތަކާއި ރުޅިވެރިކަމެއްގެ ތެރެއިންވެސް ނޭގި ލޯބިވެސް ވެވުނު. ކޮންމެ އިންސާނެއްގެވެސް ޑެވިލް ސިފަތަކާއިއެކު ރަގަޅު ސިފަތަކެއް ހުންނަކަންވެސް އެނގުނު. އެންޑް ޔޫ ލަވްޑް މީ ސިންސް ދަ ބިގިނިން. ސޯ ސްވީޓް. އެހެންވެ ނޭގުނުނަމަވެސް ހިތް އެއްކޮށް ދެވުނު. ޔޫ ނޯ ވަޓް. ނާޔަލް ވަކިވިފަހުން ކޮންމެ ރެއަކު ނިދެނީ ރޮއިރޮއިފަ. ނުއެއް ކެވޭ. ހޭލެވެނީ ނާޔަލްގެ ހުވަފެންތައް ފެނިފައި. އެކަމަކު އެހުވަފެންތަކުގައި ނާޔަލް އަބަދު ހިނިތުންވެލައިގެން. އަބަދު އުފާވެފައި. ހުވަފެނެއްގައި ވެސް ނުބުނެއޭ ވަކިވާނަމޭ. ހައު ކެން އައި ލިވް ވިތް އައުޓް ޔޫ ޕްލީޒް ޑޯންޑް ލީވް މީ.. ލެޓް މީ މޭކް އަޕް ފޯ އޯލް ދޯސް ޑޭސް. ޔޫ އާ ޕްރެޝަސް. ސޯ ޕްރެޝަސް ޓު މީ. ކޮންމެ ބަލިއަކަށްވެސް ޝިފާއެއްވޭ. އިރާދަކުރެއްވިއްޔާ. ޔޫ ވިލް...ބީ ފަ..ފައިން..............." ކެމީލާގެ ކަރު ބެދި ވާހަކަ ނުދެއްކޭގޮތް ވުމުން ނާޔަލްގެ ގައިގާ ބައްދާލަމުން މޭގައި ބޯ އަޅާލިއެވެ. ކެމީލާގެ ހޫނު ކަރުނުން ޓީޝާޓު ތެމެމުން ދިޔައިރު ނުރޯން އޭނަ މަސައްކަތްކުރިއެވެ. އޭނަ ޖެހޭނީ ނާޔަލްއަށް ހިތްވަރުދޭށެވެ. ނާޔަލް ކުރިމަތީގައި މިގޮތަށް ރޮއިގެން ނާޔަލްގެ ހިތަށް ދަތިކުރުވާކަށް ނުވާނެއެވެ. ނާޔަލްއަށްވެސް ވަނީ އެހާ އަސަރުތަކެއްކޮށްފައެވެ. އޭނަގެ ވަކިވުމަށްޓަކާ ކެމީލާ ތައްޔާރުކުރާނެ ގޮތަކާއިމެދު ވިސްނެންފެށިއެވެ. ކެމިލާ އޭނަދެކެ ނަފްރަތުކުރިނަމައެވެ. ލޯބި ނުވެވުނުނަމައެވެ. ލޯބީގެ ވޭނަކީ ހާދަ ބޮޑު އެއްޗެކެވެ. ލޯބިވާ ފަރާތެއް ދޫކޮށް ދާން ޖެހުމުގެ އިހުސާސަކީވެސް ބަޔާންކޮށްދެވޭފަދަ އެއްޗެއް ނޫނެވެ. އެހާވެސް ބޮޑަށް އޭނައަށް ވަނީ މި ބަސްއަހާ ކުއްޖާދެކެ ލޯބިވެވިފައެވެ. އޭނައަށް ރަގަޅު މަދު ދައްކުވާދީ ކުށުގެ ވެށިން ދުރުކޮށްލަދިނީ ކެމީލާއެވެ.

ނާޔަލް ކެމީލާ ގެ މޫނުގައި އެއް އަތުން ހިފަހައްޓާލަމުން އަނެއް އަތުން ކަރުނަތައް ފޮހެދިނެވެ.

"ނުރޮއި ހުއްޓާލާ. ހެއްދެވި ފަރާތަށް ޓްރަސްޓްކުރަން ޖެހޭނެ. ހަޔާތުގައި ދިމާވާ ކޮންމެ ހިތާމައަކީ ދެރައަކީ ކުރެވޭ އިމްތިހާނެއް. އަހަރެމެންނަކަށް ޑެސްޓިނީ ބަދަލެއްނުކުރެވޭނެ. ވަން މޯ ތިންގް. އަލުން މެރީ ކުރާކަށް ނޫން ދީނުގައި އޮންނަނީ ކައިވެނި ރުޖޫޢަކުރާކަށް ނޫންތަ؟ ބޭބީ އެކަން ހަނދާން ނައްތާލީ؟ ސޯ........." ނާޔަލްގެ ތުންފަތަށް ވެރިވި ކުޑަ ހިނިތުންވުމާއެކު ބަލައިލީ ހިތްގައިމުކަމުން ފުރިފައިވާ ނަޒަރަކުންނެވެ. ނާޔަލްއާއިއެކު ހޭދަކުރެވުނު ރޭތަކާއި ދުވާތައް ހަމައެކަނި އެނަޒަރުންވެސް ހަނދާންކުރުވާދިނެވެ. އެފަދަ ރޭތަކުގައި ނާޔަލްގެ ހޭވިފައިވާ އިސްތަށިގަނޑާއި "ބެޑްރޫމް އައިސް" ގެ ސަބަބުން އެ ދެލޮލުގެ ރީތިކަން އިތުރުވާކަމަށް އޭނަ ކިތަންމެ ފަހަރަކު ފާހަގަކުރިއެވެ. ދެންމެވެސް ބަލައިލި ނަޒަރު ހަމައެފަދައެވެ. ހަމައެކަނި އެ ނަޒަރުންވެސް ގައިން ހީބިހި ހަލުވާލާ ހިތް އަވަސްކުރުވައިފިއެވެ. ހަށިގަނޑުގައި ކަރަންޓުގެ އަސަރު ހިނގުވައިލިއެވެ. ދެމީހުން އެކަކު އަނެކަކުގެ ލޮލުތެރެއަށް ގެއްލިފައި ތިބިއިރު ކުޑަދޮރުތަކުން ފެންނަން ހުރި މަންޒަރު އެހާ ހިތްގައިމެވެ. އެގޮތް މިގޮތަށް އުދުހެމުންދާ ސްނޯކޮޅުތަކުން ފަޒާއޮތީ ފުރާލާފައެވެ.

ނާޔަލް ނިދާފައި އޮތް މަންޒަރު ބަލަން އިރުކޮޅެއްވާންދެން އިންއިރު ކެމީލާގެ ލޮލަށް ފުސްވީ ކަރުނުންނެވެ. ގުދުވެ އެ ލޮލުގައި ތުންފަތް ޖައްސާލުމަށްފަހު ލޯބިވާ ވާހަކަ ބުނެފައި ކެމީލާ ދެލޮލާއިއެކު ތުން ފިތާ ކަރުނައާއި ހަގުރާމަކުރަން މަސައްކަތްކުރިއެވެ. ތެދުވެގެންގޮސް ލެޕް ހުޅުވައިލައިގެން ކެންސަރާއި ބެހޭގޮތުން ގޫގުލް ކުރަންފެށީ އުއްމީދުގެ ކަންޏެއް ނަމަވެސް ފެނިދާނެކަމަށެވެ. ނަމަވެސް މި ކެންސަރާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކުން ނާއުއްމީދު ވުން ނޫންކަމެއް ނުވިއެވެ. ގްލިއޯ ބްލަސްޓޯމާއާއި ހަގުރާމަކޮށްގެން އަދި އެއްވެސް މީހަކަށް ސަލާމަތް ވެފައެއް ނެތެވެ. އެބަލީގެ ޝިކާރައަށްވެފައިވާ މީހުންގެ ފޯރަމްތައް ވެސް އޭނަ ކިޔައިލިއެވެ. އެންމެ ލޯބިވާ ފަރާތަށް މިފަދަ ބައްޔެއް ޖެހި އެކަން ތަޖުރިބާ ކޮށްފައިވާ މީހަކަށް ނޫނީ އެ ހިތްދަތި ކަން އިހުސާސެއް ނުވެސް ކުރެވޭނެއެވެ. ދޭތެރެއަކުން ލޮލުން ކަރުނަފޮހެން މަޖުބޫރުވިއެވެ. އެންމެފަހުން ނިދުނީ މޭޒުގައި ބޯ އަޅާލައިގެން އޮތްވައެވެ. ނާޔަލްއަށް ހޭލެވިގެން ތެދުވެގެން އައިސް ކެމީލާ ކައިރީ ހުއްޓުނެވެ. ކޮންފަދަ ފުރިހަމަކަމެއްތާއޭ ހިތަށް އެރިއެވެ. ނިދާފައި އޮތްއިރު އަލިކަން ވިދާ ބަބުޅައެވެ. ކެމީލާ ލެޕުން ބަލައިން އިނީ ކޯންޗެއްކަން އެނގުމުން ހިތަށް އަސަރުކުރިއެވެ. ނާޔަލް ކެމީލާ އުފުލައިލުމާއިއެކު ހޭލެވުނެވެ. އޭރުވެސް އެސްފިޔަތަކުގައި މުތީތަކެއްފަދައިން ކަރުނަތައް ހަރުލާފައިވާތަން ފެނެއެވެ.

"ޑޯންޓް ރީޑް ދޯސް ސްޓަފް ބޭބީ...." ނާޔަލް ލޯތްބާއިއެކު މަޑުމަޑުން ބުނެލިއެވެ.

"މްމްމް...." ކެމީލާ ބޯ ޖަހައިލިއެވެ.

"ޔޫ ހޭވް ޓު ބީ ސްޓްރޯންގް. ވީހޭވް ޓު މޭކް ބިއުޓިފުލް މެމަރީސް އޭރުން އަހަރެން ނެތް ދުވަހެއްގައިވެސް ކެމްއަށް އެ ހަދާންތަކުގެ އެހީގައި ދިރިހުރެވޭނެ. އިރާދަކުރެއްވިއްޔާ އަދި ބައްދަލުވާނެ. މީ ކުޑަދުވަސްކޮޅެއްގެ މަންޒިލެއް. ފައިސާ ކިތަންމެ ގިނަމީހަކަށްވެސް އިތުރު ޗޮއިސްއެއްނެތް. އަޖަލު ޖެހުމުން މި ދުނިޔެއަށް އަލްވަދާއު ކިޔާފައި ހުރިހާ އުފަލެއް ދޫކޮށް ދާން ޖެހޭނެ. އައިމް ގްލޭޑް ވީ މެޓް ހިއާ. ހިތް އެދޭ ލޯބި ލިބުމަކީ މިދުނިޔެއިން ލިބުނު އެންމެ ބޮޑު ބްލެސިން. އިފް ގޯޑް ކޯލް މީ ހޯމް އައި ހޭވް ޓު ގޯ. އެންމެ ސިކުންތުކޮޅަކަށްވެސް މަޑެއް ނުކުރެވޭނެ. ކެމްއަށް އެންމެ ރަގަޅަށް އެނގޭނީ. ޓްރަސްޓް ހިމް އެންޑް ލެޓްސް ލިވް ހެޕިލީ ބޭބީ. ކޮންމެ މޯމެންޓެއް އުފާވެރިކޮށް ހޭދަކުރަން ކެމް ބޭނުމެއްނުވޭތަ؟ މިގޮތަށް ދެން ސްޓުޕިޑް ލިޔުންތައް ކިޔާފައި ނުރޮއްޗޭ. ނޫނީ މާ ކުރިން ދާން ޖެހިދާނެކަން ނޭގޭ. މޭކް މީ ހެޕީ ބައި ސްމައިލިން. ނޫނީ ސްޓްރެސް ވެސް މިހަކު މަރާލަފާނެ. އެނގޭތަ އެންމެ ދެރަވަނީ ކީއްވެކަން. މި ލޮލުން ކަރުނަ އައީމަ. މިރީތި ދެލޯ ނުރޮއްވާ. އިޓް ހަޓްސް ސޯ މަޗް...." ނާޔަލް ކެމީލާ އެނދުގެ މަޑު ސަޓިންފޮތީގެ މަތީގައި ކެމީލާ ބާއްވާފައި އެނދުގެ މަގަތުގައި އިށީނެވެ. ކޯތާފަތުގައިވާ ކަރުނަތައް ފޮހެލަދިނެވެ. އެއިން ކޮންމެ ޖުމްލައެއް ކެމީލާ ހިތުގެ ފުންމިނުގައި ރައްކާކުރިއެވެ. ނުރޮއި ހިނިތުންވާން މަސައްކަތްކުރިއެވެ.

"ދެން ނުރޮއްޗޭ....އިޓްސް އެން އޯޑާ.." ނާޔަލް ސަމާސާ ގޮތަކަށް ބުނެލިއެވެ.

"ލައްބަ...." ކެމީލާ ނާޔަލްގެ ކަނދުރާގައި އަތް އަޅުވާލާފައި މަޑުމަޑުން ކައިރިއަށް ދަމާލައިފިއެވެ.

"ސޯ.......ލެޓްސް ނޮޓް ވޭސްޓް އެނީ ޓައިމް މައި ލަވް...." ކެމީލާ ކަރުނައިގެ ތެރެއިން ސަމާސާގޮތަކަށް ހިނިތުންވެލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަލިފާނުގެ އަލީގައި ދެމީހުންގެ ހިޔަނި ފާރަށް އެޅިފައިވާއިރު އަލިފާން އަނދާ އަޑު މަޑު ރާގެއްފަދައިން ހިމޭންކަން މުގުރާލާފައިވިއެވެ. އެރޭ ނާޔަލްއަށް ކެމީލާގެ ފަރާތުން އެހެން ދުވަހު ނުފެންނަކަމެއް ފާހަގަކުރެވި ކަންބޮޑުވާގޮތްވިއެވެ. ކުރިންވެސް އެކަހަލަކަމެއް ފާހަގަކުރެވުނުތޯ ވިސްނައިލިއެވެ. ކެމީލާވެސް މެޑިކަލް ޗެކަޕެއް ހަދައިލަންވީއެވެ. ސްކޭނަކާއި އެއްޗެހި ހަދަން ކޮންމެހެންވެސް ޖެހޭނެއެވެ. ކެމީލާގެ ހިތުގައި މައްސަލައެއް އުޅޭކަމާއިމެދު ޝައްކުވި ހިސާބުން ފެށިގެން ނާޔަލްއަށް އެކަމާއިމެދު ވިސްނަން މަޖުބޫރުވިޔަސް ކެމީލާގެ ކައިރިން ސުވާލެއްނުކުރެއެވެ.

ޖެހިގެން އައި ދުވަހު ނާޔަލް ކެމީލާ ގޮވައިގެން ހޮސްޕިޓަލަށްގޮސް ސްކޭނެއް ހެއްދިއެވެ. އިކޯ ހެދުމުން އެނގުނީ ކެމީލާގެ ހިތުގައި މައްސަލައެއް ހުރިކަމެވެ. ހައިޕަޓްރޮފިކް ކާޑިއޯ މަޔޯޕަތީއެވެ. އެބައްޔަކީ އާއްމު ކަމަކަށްވެފައި އެބަލިހުންނަ ގިނަ މީހުންނަށް އޭގެ އުދަގުލެއްނުވާއިރު ބައެއް މީހުންނަށް ސީރިޔަސް މައްސަލަތަކެއް ކުރިމަތި ކުރުވައެވެ. ޒުވާން އެތްލީޓުން ނާއި ފުޓްބޯޅަ ކުޅުންތެރިން ކުއްލިއަކަށް މަރުވަނީ ނޭގި ނަމަވެސް ހިތުގައި އެ މައްސަލަ ހުރީމައެވެ.

ނޭވާކުރުވެ އަނބުރައިގަނެ މޭމައްޗަށް ތަދުވެ އެގޮތްމިގޮތަށް ހިތް ތެޅޭކަމުގެ އިހުސާސް ގުޅިފައިވާ ސަބަބު ކެމިލާއަށް އެނގުނީއެވެ. ކެމީލާއަށް އޭނަގެ މައްސަލަ ކޮންމެވެސް ވަރަކަށް ކިޔާދީފައި ނާޔަލް އެންމެކަމަކަށް ވައުދުކުރުވިއެވެ. އެއްވެސް ވަރަކަށް ގޫގުލްކޮށްގެން ނުވާނެކަމަށާއި ކެމީލާ އޭނަ ބުނާގޮތަށް ހަދައިގެން ގަވައިދުން ހިތުގެ ޑޮކްޓަރަށް ދައްކައިގެން ފަރުވާކުރާނީ އޭނަ ބެލުމުގެ ދަށުންކަމާއި އޭނަ ހުރިހާ ޒިންމާއެއް ނަގާނެކަމުގައި ނާޔަލް ބުނެލިއެވެ. ބައްޔެއް ހުރިކަން އެނގުމުން އެކަމާ ކެމީލާ ދެރައެއްނުވިއެވެ. ނާޔަލް އެއަށްވުރެ ނުރައްކާތެރި ބައްޔަކާއި ހަގުރާމަކުރަނިކޮށް އަމިއްލަ ނަފުސާއިމެދު ވިސްނޭނެހެއްޔެވެ. މަރުދެކެ ބިރުން އުޅުނަސް މަރު އަރާ ހަމަކުރާނެއެވެ. ދުނިޔޭގެ އުފާތަކަށް ހެއްލިގެން ފާފަތައް ކުރުމުގައި ދެމިތިއްބާ މަރުގެ މަލާއިކަތާ ވަޑައިގަތުމުން ކުރެވޭނެ އިތުރުކަމެއް ނޯންނާނެއެވެ. އޭނަ މަސައްކަތްކުރީ ފާފަތަކަށް ނާރާ ދީނުގައި އޮތްގޮތަށް އުޅުމަށެވެ. ނަމާދުކޮށްގެން އެތައް ފަހަރު އޭނަކުރާ ދުޢާ ހެއްދެވިފަރާތުން އިޖާބަކުރައްވާނެކަމުގެ އުއްމީދު އޮވެއެވެ. މާޔޫސީވެ ރަހުމަތުން އުއްމީދު ކަނޑާލާ މީހަކަށް އިރާދަކުރެއްވިއްޔާ އޭނަ ނުވާނެއެވެ.

ދެމީހުން ފެންޑާގައި ގައި ކޮފީ ބޯން ޖައްސައިލިއެވެ. ކެމީލާ ނާޔަލްގެ މެޔަށް ކުޑަކޮށް ލެނގިލައިގެން އިންއިރު މި އުފާކޮޅު ދެމިގެންދާނީ ކިތައް ދުވަހަށްބާވައޭ ހިތަށް އަރާ ހިތަށް ނުބައިގޮތެއްވިއެވެ. ނާޔަލް ކިތަންމެ ހިތްވަރުދީގައި ހިތްހަމަޖައްސައިގެން އުޅެން ބުނެއެވެ. އޭނަ ދުޢާތަކުން ހިތްވަރު ހޯދައެވެ. ނަމަވެސް ހިތުގެ ކަނެއްގައި އަބަދުވެސް ނާޔަލް ވަކިވެދާނެކަމުގެ ބިރުއޮވެއެވެ.

"އަދިވެސް މަންމައާއި ނާއީ އަދި ނަންނިއަކަށްވެސް ނޭގޭ ދޯ...."ކެމީލާ ނާޔަލްގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.

"އަދި އަންގާނެކަމެއްނެތް. ބަލީގެ އުދަގޫތައް ބޮޑުވެ ރަގަޅަށްވެސް ބަލިމީހަކަށް ވީދުވަހަކުން މަންމައަށް އެނގޭނެ. މިހާ އަވަހަށް އަންގައިގެން އެކަކުވެސް ހިތާމަކޮށް ރޮއްވާކަށް ބޭނުންނުވަނީ. މިހާތަނަށް އައިއިރު މަންމައާއި ކޮއްކޮމެންގެ ފަރާތުން ހީނުކުރާހާ ލޯތްބާއި އަޅާލުން ލިބުނު. ރިގްރެޓްކޮށް ދެރަވާން ޖެހޭނެ ކަމެއް ނެތް. މަންމަގެ ހިތްހަމަނުޖެހުން ގުޅިފައިވަނީ ހަމަ އެކަނި ކެމްއާއި. ކެމް ގެ މައްސަލާގައި މަންމަ އަހަންނާއި ވާހަކަނުދައްކަން ނިންމައިގެން އެހެރީ. މަންމައަށް ކޮންމެވެސް ދުވަހަކުން އެނގޭނެ މިހާ މާތް ޅީދަރިއަކު ނުލިބޭނެކަން. މިފަދަ އިއްފަތްތެރި ދީނީ އަންހެންކުދިން މިޒަމާނުގައި މަދުވާނެ. މަންމައަށް ކަމުދަނީ އާންޓް އެޑްރިއާނާގެ ޒޯއީކަހަލަ އަންހެންކުދިން. އައިމް މޯ އިންޓު ނައީވް ޕްރިޓީ ގާލްސް ލައިކް ޔޫ. އެކަހަލަ ކުދިން އަހަރެމެންގެ މި ބޮޑު ޚާންދާނުގައި ފުދޭވަރަކަށް ގިނަ އެކަމަކު އަހަރެންގެ ހިތާއި ހަމަޔަށް ފޯރީ ހަމައެކަނި އަހަރެންގެ މި ފުރާނަފަދަ ލޯބި ލޯބި ގާލްއަށް. އަހަރެން ނެތް ދުވަހަކުން މަންމަ ކެމްއަކީ އަހަރެން ކަމުގައި ދެކެ އެވަރަށް ލޯބިވާނެކަމުގެ އުއްމީދުގައި މިހިރީ......"

"ނޫން ޕްލީޒް ތިގޮތަށް ވާހަކަ ނުދައްކާ. ކިތަންމެ ސިއްހަތު ރަގަޅު މީހެއްވެސް ކުރިން ދުނިޔެ ދޫކޮށްދާން ޖެހިދާނެ. މޭ ބީ އައި ވިލް ޑައި ފަސްޓް...." ކެމީލާ ނާޔަލްގެ އަތް ގެނެސް މޫނުގައި ޖެއްސިއެވެ.

"ދެން ސަކަރާތެއްވެސް ޖަހައިނުލެވޭނެ ދޯ....." ކެމީލާ އަހައިލިއެވެ.

"ޑޯންޓް ވޮރީ ބޭބީ. އައިމް ވިތް ޔޫ. ސޯ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ވިޔަކަ ނުދޭނަން......"ނާޔަލް ކެމީލާ ގެނެސް އުނގުގައި ބޭންދިއެވެ. އެހާ ލޯބިން ވާހަކަދެއްކުމުން ކެމީލާގެ ހިތް ފުރިގެން އައެވެ. ހިތާހިތުން ދުޢާކުރެވުނީ ކަރާމާތަކުން ނަމަވެސް ނާޔަލް ސަލާމަތްވުމަށެވެ. ކުރިއަށްވާން ހުރި ކަންތައް ދެނެވޮޑިގެންވަނީ ހަމައެކަނި އެންމެ ފަރާތަކަށެވެ. އެހާވަރަށް އާދޭސް ދަންނަވާ ދުޢާކުރެވެނީ އެހެންވެއެވެ. ދެމީހުން ކޮފީ ބުއިމަށްފަހު ސްނޯ އިން ހުދުވެފައިވާ މަގުތަކުގައި އަތު ގުޅުވާލައިގެން ހިނގާލަން ދިޔައެވެ. މަޑުމަޑުން ހެމުން ވާހަކަދައްކަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެފަދަ ކަމެއް ދިމާވާން އޮތަސް ލިބިފައިވާ ކުޑަދުވަސްކޮޅުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަން ދެ ލޯބިވެރިންގެ އަޒުމް ކަނޑައެޅިއެވެ.

އިރުއޮއްސުމުން ވުޟޫކޮށްލައިގެން ނާޔަލްގެ ފަހަތުގައި ނަމާދުކުރުމަށްފަހު ކެމީލާ ކާކޮޓަރިއަށްވަނީ ނާޔަލްއަށް ކާ އެއްޗެއް ތައްޔާރުކޮށްލުމަށެވެ. އަތްގާތްކޮށްލަދޭން ސޯފީ އަވަދިނެތި އުޅުނެވެ. ނާޔަލް އޭނަގެ ބޮޑީގާޑުން އައިސްގެން ވާހަކަދައްކާލަން ނުކުތީ ސިޓިންރޫމަށެވެ. ސޯފީ ހޫނު ކޮފީ ގެންގޮސްދިނެވެ. ސޯފީއަށް އެމީހުން ދެއްކި ވާހަކަތައް ކިރިޔާ ރޭކާލީކަމެވެ. ނާޔަލް މަރާލަންވެގެން ކޮންމެވެސް މީހަކު އުޅޭކަމުގެ މައުލޫމާތު އެމީހުންނަށް ލިބިގެން އެވާހަކަދައްކަން އައީކަން އެގުނީ އަރާހަމަވީއިރު އެއް ބޮޑީގާޑަކު ބުނެލި ޖުމްލައިންނެވެ. ސޯފީ ކަންބޮޑުވިނަމަވެސް އެވާހަކަ ކެމީލާ ކައިރީ ނުބުނީ ވިސްނާފައެވެ. ކެމީލާގެ ހިތުގެ މައްސަލައެއް ހުރިކަން އެނގިފައި އޮތުމުން ސިހޭފަދަ ޚަބަރެއް އެގޮތަށް އިއްވަން ބޭނުންނުވީއެވެ. ރޭގަނޑަށް ސުފުރާ މަތި ތައްޔާރުކޮށްފައި ސޯފީ ކޮޓަރިއަށް ވަނުމުން ކެމީލާވެސް ފާޚާނާއަށްވަދެ މޫނު ދޮވެލާ ހަދާލައިގެން ނާޔަލްއަށް މެސެޖެއްކޮށްލިއެވެ. އަދިވެސް އެކުވެރިންނާއިއެކު ހެއްޔޭ އެހިއެވެ. ޖަވާބެއް ނުލިބި މާ ލަސްވާންފެށުމުން ކެމީލާގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ. ނާޔަލް ނުކައި ގިނައިރުވުމުން ބަލިވެދާނެ ނޫންހެއްޔެވެ.

ކެމީލާ ޝޯލްއިން އިސްތަށިގަނޑު ނިވާކޮށްލުމަށްފަހު ސިޑިން ތިރިއަށް ފައިބައިގެން އައީ އެއްގޮތަކަށްވެސް އެހާ ބިރުވެރި މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. ސިޓިންރޫމް ހިމޭންކަމުން އަމާންވާނެކަމުގައި ހީކޮށް ނުލާހިކު ލޯބިން ނާޔަލްއަށް ގޮވަމުން ދުވެފައި ކަހަލަގޮތަކަށް ނުކުތީ ހެވިފައި ހުރެއެވެ. ނަމަވެސް ފެނުނު މަންޒަރުން މޭގަނޑުވެސް ގުޑާލައިފިއެވެ. ހިތް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުނުގޮތަށް ނޭވާވެސް އެތެރެހަށީގައި ތާށިވެއްޖެއެވެ. އިރުކޮޅެއްވާންދެން ބުދެއްހެން ހުރެފައި ދެފައި ހަރަކާތްކުރިއެވެ.

ނާޔަލް އޮތީ އަލިފާން އަންދާ ތަނުގެ ކައިރިއަށް އަރިއަކަށް ކަހަލަގޮތަކަށް ވެއްޓިފައެވެ. ކެމީލާ ވިދުވަރެއްހާ ހަލުވިކޮށް އައިގޮތަށް ނާޔަލްގެ ކައިރިއަށް ކުޑަކަކޫމައްޗަށް ތިރިވިއެވެ. ނާޔަލްގެ މޫނުގައި ދެއަތުން ހިފާފައި ކުޑަކޮށް ތަޅުވަމުން ގޮވިޔަސް ނާޔަލްގެ އެއްވެސް ހަރަކާތެއް ނެތެވެ. މަރުވެފައިއޮތް މީހެކޭ ތަފާތެއް ނެތެވެ. ނޭވާލާހެނެއްވެސް ހިޔެއްނުވެއެވެ.

"ސޯފީ......ސޯފީ......" ކެމީލާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތް އަޑު ގޭތެރޭ ގައި ގުގުމައިލިއެވެ. ތުރުތުރުލާ އަތުގެ އިނގިލިތަކުން ނައިން ވަން ވަންއަށް ގުޅިއެވެ.

(ނުނިމޭ... )

comment ކޮމެންޓް