ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު އައްޑޫ އިން މީހަކު ހައްޔަރުކޮށްފި

އައްޑޫއިން މިއަދު ހައްރުކުރި މީހާ އަތުން ފެނުނު މަސްތުވާތަކެތި --- ފޮޓޯ: ޕޮލިސް

އެއް ކިލޯއަށް ވުރެން ގިނަ މަސްތުވާތަކެއްޗާ އެކު އައްޑޫ ސިޓީ ހިތަދޫ އިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ ހިތަދޫ އީދިގަލިކިޅި ކައިރިން މިއަދު ހަވީރު 16:44 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް