މޯބައިލް އެޕްލިކޭޝަނަކާއެކު މިސްޓާ ޕިއްޒާގެ ހިދުމަތް މާލެއާއި ހުޅުމާލެއަށް

މިސްޓާ ޕިއްޒާ އެޕް ---

މޯބައިލް އެޕްލިކޭޝަނަކާއެކު ސްޕެކްޓްރާ އެފްއެންޑްބީގެ ފަރާތުން މާލެއާއި ހުޅުމާލެއަށް ފަށައިފިއެވެ.

ސްޕެކްޓްރާއިން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ޕިއްޒާގެ އިތުރުން ރެޑީ މީލްސްއަށް އޯޑަރު ކުރެވޭނެކަމަށެވެ. ހަތް އިންޗީގެ ޕިއްޒާގެ އިތުރުން 12 އިންޗިއާއި 16 އިންޗީގެ ޕިއްޒާ މިސްޓާ ޕިއްޒާގެ އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އެޕްލިކޭޝަން މެދުވެރިކޮށް ކުރާ އޯޑަރުތަކަށް ރިވޯޑު ޕޮއިންޓު ލިބޭނެ ކަމަށާއި މި ރިވޯޑު ޕޮއިންޓްސް ބޭނުންކޮށްގެން އިތުރު އައިޓަމްތައް ގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން ސްޕެކްޓްރާއިން ދޭ އެހެން ހިދުމަތްތައްވެސް ބޭނުންކުރެވޭނެއެވެ. މީގެ ތެރޭގައި އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަ މެނޫ "ރެޑްބޮކްސް" ހިމެނެއެވެ. ރެޑްބޮކްސްގައި ހެނދުނު ސައި އަދި މެންދުރު ކެއުން ހިމެނެއެވެ. ރެޑްބޮކްސްގެ އައިޓަމްތައް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ސްޕެކްޓްރާއިން ބުނީ ކުރިއަށް އޮތްތަނުގައި މިސްޓާ ޕިއްޒާގެ އައުޓްލެޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިސްޓާ ޕިއްޒާ އެޕް ބޭނުންކޮށްގެން ހުޅުމާލޭގައި ހުންނަ ތައި ޕެލަސް ރެސްޓޯރަންޓްގެ ހިދުމަތްތްވެސް ލިބޭނެ ކަމަށާއި އެޕްލިކޭޝަން ބޭނުންކޮށްގެން ކުރާ އޯޑަރުތަކުގެ ޑެލިވަރީ އެޕް މެދުވެރިކޮށް ޓްރެކް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އެޕްލިކޭޝަން ޕްލޭސްޓޯ އަދި އެޕްސްޓޯ އިން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ.

comment ކޮމެންޓް