ހަމްދާންގެ "ނުވާނަން ތަފާތެއް" ރިލީޒްކޮށްފި

"ނުވާނަން ތަފާތެއް"ގެ ޓީމް---

މޯލްޑިވިއަން އައިޑަލް ސީޒަން ދޭކުން ވިދާލި ކުޅަދާނަ ލަވަކިޔުންތެރިޔާ މުހައްމަދު ހަމްދާންގެ "ނުވާނަން ތަފާތެއް" ނެރެފި އެވެ.

ހަމްދާންގެ އަމިއްލަ ރާގަކަށް ތައްޔާރުކުރި ފުރަތަމަ ލަވަ އާ ބެހޭ ގޮތުން އޭނާ ބުނީ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި މި ލަވަ އަކީ ގިނަ ބައެއްގެ އެދުމުގެ މަތިންް ނެރުނު ލަވަ އެއް ކަމަށެވެ.

"މިއީ ބްރޭކް އަޕް ލަވަ އެއް. ކުށެއް ނޭނގި ރުޅިވެގެން ދިޔައީމަ އެކަމާ ބެހޭ ގޮތުން މި ލަވަ އިންނާނީ،" ހަމްދާން ބުންޏެވެ.

މި ލަވަ ޔޫޓިއުބް އަދި ސައުންޑްކްލައުޑް އިން މިހާރު އިވިގެންދާނެ އެވެ.

"އަސްލު ބޭނުންވީ މި ލަވަ ވީޑީއޯ ލަވައަކަށް ހަދަން. ހަވާސް ސްޓޫޑިއޯ އިން ހުރިހާ މަސައްކަތެއް ކުރެވެން ހުރި. އެހެންވެ ވީޑިއޯ ލަވަ އަކަށް މި ލަވަ ހެދީ. ބޭންޑް މީހުންގެ އެހީތެރިކަން ވަރަށް ލިބުނު،" ހަމްދާން ބުންޏެވެ.

"ނުވާނަން ތަފާތެއް" ލަވަ އަށް ހަތަރު ހާހަށް ވުރެ ގިނަ ވިއުސް ވަނީ މިހާތަނަށް ލިބިފަ އެވެ.

comment ކޮމެންޓް