ކޮކާކޯލާގެ "ޝެއާ އަ ކޯކް" ކެމްޕެއިން ރާއްޖެއަށް

ކޮކާ ކޯލާގެ އާ ކެމްޕެއިން ލޯންޗުކުރުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކޮކާކޯލާގެ "ޝެއާ އަ ކޯކް" ކެމްޕެއިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ރާއްޖެ އަށް މި ކެމްޕެއިން ތައާރަފުކޮށްދިނީ 2018 ވަނަ އަހަރު ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އެވެ. ކެމްޕެއިން ލޯންޗުކުރުމަށް ފަހު ކޮކާކޯލާގެ ފަރާތުން ވަނީ ގައުމީ ޓީމަށް ޚާއްސަ "ޝެއާ އަ ކޯކް ވިތު ޗެމްޕިއަންސް" ފުޅިއެއް ހަދިޔާކޮށްފަ އެވެ. ކޮކާކޯލާ އިން ބުނީ ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް "ޗެމްޕިއަން" ކޯކު ފުޅިއެއް ހަދިޔާ ކުރާނެ ކަމަށެވެ.

އަކްރަމްގެ ފަރާތުން އޭނާ ފުޓުބޯޅައިގެ ދާއިރާ އިން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއްދިން އޭނާގެ ދެ ބޭބެއިން ކަމަށްވާ އަންވަރު އަބްދުލް ޣަނީ އަދި އަސްއަދު އަބްދުލް ޣަނީ އަށް ވަނީ "ޝެއާ އަ ކޯކު ވިތް ބްރޯ" ކޯކު ފުޅި ހަދިޔާކޮށްފަ އެވެ.

ކޮކާ ކޯލާގެ އާ ކެމްޕެއިން ލޯންޗުކުރުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކޮކާ ކޯލާގެ "ޝެއާ އަ ކޯކު" ކެމްޕެއިން އަކީ އެކުންފުނީގެ އެންމެ ކާމިޔާބު އެއް ކެމްޕެއިނެވެ. މިއީ އެކި މީހުންގެ ދެމެދުގައި އޮންނަ ގުޅުން ތަމްސީލުކޮށްދޭ ކެމްޕެއިނެއް ކަމަށާއި 2011 ވަނަ އަހަރު އޮސްޓްރޭލިއާގައި ފެށި މި ކެމްޕެއިން ދުނިޔޭގެ ގިނަ ގައުމުތަކަށް ފުޅާކޮށްފައިވާކަމަށް އެކުންފުނިން ބުނެ އެވެ.

ރާއްޖެއަށް ތައާރަފުކުރި މި ކެމްޕެއިނުގެ ދަަށުން 16 ޓެގެއްގެ ފުޅި ބާޒާރަށް ނެރޭނެ އެވެ. އެގެ ތެރޭގައި މަންމަ އާއި ބައްޕަ، ދައްތަ، ބޭބެ، ކޯޗުން، މެންޓާ، އަނބިމީހާ އަދި ފިރިމީހާ އަށް ހަދިޔާކޮށްލަން ހާއްސަ ޓެގުތަކާ އެކު ކޯކު ފުޅި ވަނީ ބާޒާރަށް ނެރެފަ އެވެ.

މި ކެމްޕެއިނާ އެކު ކެމްޕެއިނަށް ހާޢްސަ އިޝްތިހާރެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

comment ކޮމެންޓް