ޕިކްސެލް 3 ލޯންޗުނުކޮށް ވިއްކަން ފަށައިފި

ގޫގުލްގެ ޕިކްސެލް 3 ލޯންޗު ކުރުމުގެ ކުރިން ފޯނު ވިއްކަން ފަށައިފި އެވެ.

ގޫގުލް ޕިކްސެލް 3 ރަސްމީކޮށް ލޯންޗު ކުރާނީ އަންގާރަ ދުވަހު އެވެ. ނަމަވެސް ހޮންކޮންގުގެ ކުންފުންޏަކުން މިހާރު ވެސް މި ޑިވައިސް ވިއްކަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފޯނު ލޯންޗު ކުރުމުގެ ކުރިން ރީޓެއިލަރުންގެ އަތްމައްޗަށް އަރާފައިމި ވަނީ "އިންޓާނަލް ލީކް" އެއްގެ ސަބަބުން ކަމަށްވެ އެވެ.

ޕިކްސެލް 3 އެކްސްއެލްގައި 6.3 އިންޗީގެ ޑިސްޕްލޭ އެއް ހިމަނާފައިވާ އިރު، 128 ޖީބީގެ ސްޓޯރޭޖާއި ކުއެލްކޮމްގެ 845 ޗިޕްސެޓް އަދި 4 ޖީބީ ގެ ރެމް އެއް ވަނީ ހިމަނައިފަ އެވެ.

މި ފޯނުގައި 12.2 ގެ މެގަ ޕިކްސެލް ކެމެރާ އަކާއި އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެއް ހިމަނާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޕިކްސެލް 3ގެ އިވެންޓު ބާއްވަން ނިންމާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް