ނަމަވެސް މެލޭޝިއާގެ ކޯޓަކުން ވަނީ އެ 700 މިލިއަން ޑޮލަރަކީ ސައުދީ ޝާހީ އާއިލާއިން، ނަޖީބަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައެވެ.

ވަންއެމްޑީބީގެ މައްސަލަ އަނެއްކާވެސް ތަހުގީގު ކުރަން ފެށީ މިދިޔަ މެއި މަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުން ނަޖީބު ނާކާމިޔާބުވެ، ބޮޑުވަޒީރު ކަމަށް މަހާތިރު މުހައްމަދު ވަޑައިގަތުމުންނެވެ. (އަލްޖަޒީރާ)