ނޯބަލް އިނާމް ލިބިވަޑައިގެންނެވި އެންމެ ދުވަސްވީ ބޭފުޅަކަށް އާތާރ އޭޝްޓަން!

ފިޒިކްސްއިން ނޯބަލް އިނާމް ލިބިވަޑައިގެންނެވި އާތާ---

ދުނިޔޭގެ އެންމެ ފަހުރުވެރި އެެއް އެވޯޑް ކަމަށްވާ ނޯބަލް އިނާމް ލިބުނު އެންމެ ދުވަސްވީ ބޭފުޅަކަށް އާތާ އޭޝްޓަން ވެއްޖެއެވެ.

އާޓާއަށް ނޯބަލް އިނާމް ލިބިވަޑައިގެންނެވީ އުމުރުން 96 އަހަރުގައެވެ. މީގެ ކުރިން ނޯބަލް އިނާމް ލިބިވައިގެންނެވި އެންމެ ދުވަސްވީ ބޭފުޅަކީ ލިއޮނިޑް ހުރުވިކްސް އެވެެ. އޭރު އޭނާގެ އުމުރުން އޭރު 90 އަހަރެވެެ.

ނޯބަލް އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދުއެވެ. އާތާރއަށް ނޯބަލް އިނާމް ލިބިވަޑައިގެންނެވީ ފިޒިކްސްގެ ދާއިރާއިންނެެވެ.

އާތާރ ވަނީ އޭނާ ފައްކާކުރެއްވި "އޮޕްޓިކަލް ޓުވިޒާސް" ބޭނުންުކޮށްގެން އޭގައި ހިމެނޭ ލޭޒާއަލިން ލޮލަށް ނުފެންނަ ކުދިކުދި "މައިކްރޯޕާޓިކަލްސް" މޫވްކުރެވޭނެގޮތް ހޯދައިފައިއެވެ. އޭގެ ސަބަބުން ބެކްޓީރިއާ އަދި ވައިރަސްވެސް އެއަށް އެއްވެސް ގެއްލުމެއްް ނުދީ މެނިޕިއުލޭޓްވެސް ކުރެވެއެވެ،

އާތާރގެ އިތުުރުން މިއަހަރު ފިޒިކްސްއިން ނޯބަލް އިނާމް ދެ ބޭފުޅަކަށްވެސް ވަނީ އަރުވައިފައެވެ. އެއީ ގެރާޑް މޮރޫ އަދި ޑޯނާ ސްޓިރިކްލޭންޑްއެވެެ.

ނޯބަލް ޕްރައިޒްއިން ފިޒިކްސްއާއެކު އެއަށް ކަނޑައަޅާފައިވާ 1.1 މިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅައެއްބައި ވަނީ އާތާއަށް އަރުވައިފައެވެ. އަދި ބާކީ ފައިސާ ފިޒިކްސްއިން އިނާމް ހާސިލްކުރެއްވި އަނެއް ދެބޭޅުންނަނަށް ހަމަހަމައަށް ބަހާލައިގެން ވަނީ ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް