ކައިވެނި ކުރުމާމެދު ސޯނަމް ބުނަނީ ކީކޭ؟

ސޯނަމް ކަޕޫރު އަދި އޭނާގެ ފިރިމީހާ އާނަންދު--- ފޮޓޯ/ އިންޑިއާ ވޯގް

ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާނަންދު އަހޫޖާ އާ ކައިވެނިކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ކައިވެންޏަށް ފަހު ދެމީހުންގެ އުފާވެރި ދިރިއުޅުން ސޯޝަލް މީޑިއާ ޕޯސްޓުތަކުން ވަރަށް ރަނގަޅަށް ފެނެއެވެ. އަދި ކައިވެންޏަކީ ދިރިއުޅުމަށް މުހިންމު ކަމެއް ކަމަށް ސޯނަމް ގަބޫލު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ވީރޭ ދީ ވެޑިން"ގެ ބަތަލާ އެހެން ބުނެފައި ވަނީ، އިންސްޓަގްރާމް މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ދިރިއުޅުމުގައި ކައިވެނީގެ މުހިންމު ކަމާއި ގުޅޭގޮތުން ސޯނަމް ދެކޭ ގޮތް އެހުމުން އޭނާ ބުނެފައި ވަނީ، ކައިވެންޏަކީ ދިރިއުޅުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ކައިވެންޏަކީ ދިރިއުޅުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ބުނި ނަމަވެސް، ކައިވެނީގެ ފޮނިމީރުކަން ލިބެނީ ރަނގަޅު ބައިވެރިއަކު ލިބިގެން ކަމަސް ސޯނަލް ބުންޏެވެ. އަދި އޭނާގެ އެ ވިސްނުމަށް ގިނަ ބަޔަކު އަންނަނީ ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.

މަސައްކަތަށް ބަލާއިރު މިއީ ސޯނަމް އަށް ބުރަ އަހަރެކެވެ. ސޯނަމް މިހާރު އުޅެނީ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ޝޫޓިންގައި އަވަދިނެތި އެވެ. އަދި ފިލްމު "އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ"ގެ މަސައްކަތުގައި ވެސް އޭނާ ވަރަށް ބިޒީ އެވެ.

comment ކޮމެންޓް