ދަރުމަވަންތަ ހޮސްޕިޓަލް އަގު ބޮޑެއް ނޫން، އިދިކޮޅުން ތަރައްގީއާ ބެހޭ ގޮތުން ދައްކާނެ ވާހަކަ ނެތީ: މިނިސްޓަރު

އޮގަސްޓް 12، 2018: ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗާ ޖެހިގެން މިހާރު އިމާރާތްކުރަމުންދާ 25 ބުރީގެ ދަރުމަވަަންތަ ހޮސްޕިޓަލުގެ އަގު ބޮޑު ނޫން ކަމަށާއި އަދި އިދިކޮޅުން އެފަދަ ވާހަކަތައް ދައްކަނީ ތަރައްގީއާ ބެހޭ ގޮތުން ދައްކާނެ ވާހަކަ ނެތުމުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ބޮލުގައި އިލްޒާމެއް އެޅުވުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި އިދިކޮޅުގެ ވެރިކަމުގައި ސިއްހީ ނިޒާމްތައްތަރައްގީ ނުކުރެވި އަދި އެފަދަ ހޮސްޕިޓަލެއް ނޭޅުވުނީމާ ދެން އެވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެއްޗެއްގެ ކޮސްޓް ކަލްކިއުލޭޓް ކުރާ ބައިވަރު ގޮތްތަކެއް ހުރޭ. އެ ހިދުމަތް ޑެލިވާ ކުރާ ސްޕީޑާއި އެ ހިދުމަތް ޑެލިވާކުރާ ކޮލިޓީއާ އެ ހިދުމަތުގެ މަސައްކަތުގެ ފަންނުވެރިންނާ މިހުރިހާ އެއްޗަކަށް އެބަ ބަލާ." ނާޒިމް ވިދާޅުވި އެވެ.

މިނސްޓަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރަނީ އެހާމެ ފަންނުވެރި ސިންގަޕޫރުގެ ކުންފުންޏަކުން ކަމަށާއި އަދި ދާދިފަހުން އެ ހޮސްޕިޓަލަށްް އޭގެ ޑިޒައިނަށާއި އަދި ކޮންސްޓްރަކްޝަނަށް އޭޝިއާ ސަރަހައްދުގެ އެވޯޑެއް ވެސް ލިބިފައިވާ ކަމަށެވެ.

"ދުނިޔޭގެ ސްޓޭންޑަޑްގައި އެކަން މެޝާާ ކުރާ ކުންފުންޏަކުން މިކަން މެޝާ ކޮށްފައި ހޮސްޕިޓަލުގެ ޑިޒައިން ކުރެވިފައި ހުރީ މި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރެވިފައި ހުރީ މިހާ ކޮލެޓީކޮށްކަން ކަށަވަރު ކޯށްދޭ އެވޯޑެއް ލިބިފައި އެ އޮތީ."

އައިޖީއެމްއެޗުގައި ހުރި 11 ބުރީގެ އިމާރާތް އަޅަން 11 އަހަރު ނެގި ކަމަށާއި އަދި އެެ ސްޕީޑުގައި މިހާރު ވެސް ތިބެން ޖެހޭތޯ ވެސް މިނިސްޓަރު ވަނީ ސުވާލުއުފައްދަވައިފަ އެވެ. އަދި އެންމެ ޒަމާނީ ހިދުމަތްތަކާއި ވަސީލަތްތައް 25 ބުރީގެ އިމާރާތާ އެކު އެންމެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ ކާމިޔާބީއެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

comment ކޮމެންޓް