ރާއްޖެއާއި އެހެން ގައުމުތަކުން ދިން އެހީ އިންޑިއާއިން ގަބޫލެއް ނުކުރި

ކެރެއްލާއަށް ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެފައި--- ފޮޓޯ: އޭޕީ

ކެރެލާގައި ވިއްސާރަކޮށް ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން ރާއްޖެއާއި އެހެން ބައެއް ގައުމުތަކުން ދިން އެހީ ގަބޫލުނުކުރަން އިންޑިއާއިން ނިންމައިފިއެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ ކެރެލާގެ ހާލަތު ހަމައަކަށް އެޅުވުމަށް ރާއްޖޭގެ އިތުރުން ގަތަރާއި ޔޫއޭއީންވެސް އެހީ ދިނުމަށް ހުށަހެޅި ކަަމަށެވެ.

އިންޑިއާއިން ބުނީ އެ ހުރިހާ ގައުމުތަކުން ދިން އެހީއަށް ވަރަށް އުފާކުރާ ކަމަށާއި އެެހެންނަމަވެސް ކެރަލާގެ މިހާރުގެ ހާލަތުން އަމިއްލައަށް އަރައިގަތުމުގެ ކުޅަދާނަކަން އިންޑިއާގެ އެބަހުރި ކަަމަށެވެ. އަދި ބުނީ ގައުމުތަކުގެ އެހީ ބަލައިނުގަތް ނަމަވެސް އެކި އެކި ފަރުދުން ފަންޑުންް ރެެއިސިންގްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްގެން އެއްކުރި ފައިސާ ބަލައިގަންނާނެ ކަމަށެވެ.

ކެރެލާއަށް ރާއްޖެއިން 50،000 ޑޮލަރުގެ އެހީދޭން ނިންމިއިރު، ޔޫއޭއީން 700 ކްރޯޑް އިންޑިއަން ރުޕީސް އަދި ގަތަރުން 35 ކްރޯޑް ރުޕީސް ދޭން ވަނީ ނިންމައިފައެވެ.

https://sun.mv/109629

އިންޑިއާގެ ކެރަލާއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކެރަލާގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ރެސްކިއު ވޯކަރުން ދަނީ ހެލިކޮޕްޓަރާއި ބޯޓު ބޭނުންކޮށްގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެސްޓޭޓުގެ 150،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެހީ ފޯރުކޮށްދޭ ކޭމްޕުތަކަށް ބަދަލުކޮށްފަ އެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ 1924 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް މޫސުމީ ވިއްސާރައިގެ ސަބަބުން އެހާވަރަށް ގެއްލުން ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް