ބެހެމުންދިޔަ އޮއިވާލި ކަނދުފައްޗެއް އެމްއެންޑީއެފުން ހޯދައި ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
އެމްއެންޑީފުން ބުނީ، އޮއިވާލި ކަނދުފައްޗެއް އޮޔާ ދާކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން ކޯސްޓްގާޑުން ކުރި މަސައްކަތުން ކަދުފަތި ފެނިފައިވަނީ މިއަދު އިރުއޮއްސި 18:23 ގައި މާލެ އަތޮޅު ރަސްފަރީގެ އިރުން އެއް މޭލު ބޭރުގައި އޮތް ގިރިއެއް ކައިރިން ކަމަށެވެ.
ކަނދުފަތި މިހާރު ވަނީ ހުޅުމާލެ ގެނައިސް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނުއެވެ. އަދި ކަނދުފަތި މަރާމާތު ކުރުމަށްފަހު ވީ އެންމެ އަވަހަކަށް ހަރުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މަސްވެރިން މަސް ބޭނުމަށް ފަސޭހެއަކަށް ރާއްޖޭގެ އެކި ހިސާބްތަކުގައި 50 އަށް ވުރެ ގިނަ އޮއިވާލި ކަނދުފަތި ފިޝަރީޒް މިނިސްޓްރީން ވަނީ ހަރުކޮށްފައެވެ. އަދި އޮއިވާލި ކަނދުފަތުތައް މަރާމާތުކޮށް ބަލަހައްޓަމުން އަންނަނީ ވެސް އެ މިނިސްޓްރީންނެވެ.