ޓްވިޓާ ބްލޮކް ކުރާނެ ކަމަށް ބުނެ ޕާކިސްތާނުން އިންޒާރުދީފި

މުޖުތަމައަށް ނުރައްކާވެދާނެ ކޮންޓެންޓް ބްލޮކު ނުކުރާކަމަށް ބުނެ، ޓްވިޓާ ބްލޮކް ކޮށްލާނެކަމުގެ އިންޒާރު ޕާކިސްތާނުން ދީފި އެވެ.

ޕާކިސްތާނުގެ ޓެލެކޮމް އޮތޯރިޓީން ބުނީ، އެ ގައުމުގެ މުޖުތަމައުގައި ހަމަނުޖެހުން ހިނގުމަށް މަގުފަހިވާ ނުވަތަ އެކަމަށް ހިތްވަރުދޭފަދަ ކޮންޓެންޓް ޓްވިޓާ ގައި ހުންނަ ކަމަށެވެ. އަދި ޓްވީޓާ އިން އެފަދަ ކޮންޓެންޓުތައް ބްލޮކް ނުކުރާނަމަ، ޕާކިސްތާނުން ޓްވިޓާ އަށް ނުވަދެވޭ ގޮތަށް ހަދަންޖެހިދާނެ ކަމަށް ޓެލެކޮމް އޮތޯރިޓީން ބުނެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވަ ފަދަ ކޮންޓެންޓް ހުންނަ ކަމަށް ބުނެ، މީގެ ކުރިން ފޭސްބުކް އާއި ޔޫޓިއުބް ވެސް ޕާކިސްތާނުގައި އެކިފަހަރު މަތިން ވަނީ ބްލޮކް ކޮށްފައެވެ.

މުޖުތަމައުގައި ހަމަނުޖެހުން ހިންގުމަށް މަގުފައިވެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކޮންޓެންޓް އެގައުމުގައި ބްލޮކް ކުރަން އެދުމުން ފޭސްބުކް އާ ޔޫޓިއުބް އިން އެފަދަ ކޮންޓެންޓް ބްލޮކް ކުރި ނަމަވެސް ޓްވިޓާ އިން އެކަމަށް އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ޕަކިސްތާނުން ބުނެ އެވެ.

ޓްވިޓާ އަށް ނުވަދެވޭނެ ގޮތަށް ބްލޮކް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދިންއިރު، އެ ގައުމުގެ ވެރިކަމަށް އަލަށް އިންތިހާބުވި ކުރީގެ ކްރިކެޓް ތަރި އިމްރާން ހާންގެ ޕާޓީ، ތަހުރީކީ އިންސާފުން ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްއެ ޕާޓީން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ.

comment ކޮމެންޓް