އެލައިޑުން ތިން ސްކޫލަކަށް އެހީވެއްޖެ

އެލައިޑުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު (ކ) -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެލައިޑް އިންޝުއަރެންސްގެ އިޖްތިމާއީ ޒިންމާ އަށް ޚާއްސަކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓުގެ ދަށުން، ތިން ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މާލީ އެހީތެރިކަން ފޯރުކޮށްދިނީ އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމްގެ އިތުރުން ޣިޔާސުއްދީން ސްކޫލުގެ ރާސްބެރީ ޕައި އެކްސްޓެންޝަން ޕްރޮޖެކްޓަށެވެ.

އެލައިޑްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، މިއަދު ސްކޫލުތަކަށް ހަވަލުކުރި އެހީއާ އެކު އެ ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރުކޮށްދޭ ޒަމާނީ ތައުލީމުގެ ފެންވަރު އިތުރަށް ވަރުގަދަ ކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.

"މިއަދު މި ދެވުނު އެހީއަކީ އެ ސްކޫލޫތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ޓީވީ ކަހަލަ ތަކެގި ފޯރުކޮށްދިނުމަށް ދެވުނު އެހީއެއް. ދެން ޣިޔާސުއްދީންގެ ރާސްބެރީ ޕައި ޕްރޮޖެކްޓަކީ ކުރިން ވެސް ޕްރިމިއަމް ފޯ ގުޑްގެ ދަށުން އެހީތެރިވި ޕްރޮޖެކްޓެއް. މިހާރު މިއީ އޭގެ އެކްސްޓެންޝަނެއް،" ނައުޝާދު ވިދާޅުވި އެވެ.

އެލައިޑުގެ ސީއެސްއާރު ޕްރޮގްރާމް، ޕްރިމިއަމް ފޯ ގުޑްގެ ނަމުގައި ބްރޭންޑް ކުރީ މި އަހަރު ކުރީކޮޅު އެވެ. އަދި ސީއެސްއާރު ޕްރޮގްރާމް ބްރޭންޑް ކުރުމަށް ފަހު، އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ އދ. އިން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން، ކޮލެޓީ އެޑިއުކޭޝަން އަދި ޖެންޑާ އިކުއަލިޓީގެ އަމާޒު ހާސިލްކުރުމަށް ކުރާ މަސައްކަތްތަކަށެވެ.

comment ކޮމެންޓް