ދިޔަމިގިލީގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެެއްވައިފި

ނަރުދަމާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ// ރައީސް އޮފީސް

ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު، ތ. ދިޔަމިގިލީގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ރައީސް ޔާމީން ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު އެ އައޮތަޅު ދިޔަމިގިއްޔަށް ވަޑައިގެން އެ ރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވާފައި ވަނީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮން މަނިކު ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް ގާތްގަނޑަކަށް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެ އެވެ.

ރަށުގެ ބިން ކުޑަ ވުމުގެ ސަބަބުން ކައިރީގައި އޮންނަ މެދަފުށީގައި ދިރިއުޅެވޭނެ ގޮތެއް ހަދައިދެއްވުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ހުސެއިން މަނިކް ވިދާޅުވި އެވެ.

އެ ރަށަކީ އުދައެރުމާއި ރަށްގިރުމުގެ މައްސަލަ ބޮޑު ރަށަކަށް ވުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް ވެސް ރައީސްގެ ފަރާތުން އޭނާ އެދިވަޑައިގަތެވެ.

އާބާދީ ކުޑަ ކަމުގައި ވިޔަސް ކޮށްދެއްވި މަސައްކަތްތަކަކީ އަގު ބޮޑު މަސައްކަތްތަކެއް ކަމަށާއި ކޮށްދެއްވިކަންތައްތަކަށް ރައްޔިތުންގެ ފަރާތުން ރައީސް ޔާމީނަށް ޝުކުރު އަދާކުރާކަމަށް ހުސެއިން މަނިކު ވިދާޅުވި އެވެ.

comment ކޮމެންޓް