އިންތިބާހާ މެދު އިތުބާރު ގެއްލުވާލުމަށް ދޮގު ހަބަރުތައް ނުފެތުރުމަަށް އިލްތިމާސްކޮށްފި

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު އަދި މެމްބަރު އަކްރަމް---ސަން ފޮޓޯ/މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު އިތުބާރު ގެއްލުވުމަށް ދޮގު ހަބަރުތައް ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް "ސަން" އަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއްވެސް ގެންދާނީ ގާނޫނާ ގަވާއިދުގެ ތެރެއިން ކަމަށެވެ.

"އިންތިޚާބު ކުރިއަށް ދާނީ ހާމަކޮށް ދެފުށްފެންނަ ގޮތަށް" އަކްރަމް ވިދާޅުވިއެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިވާނެކަމާމެދު ސުވާލު އުފައްދައިފައެވެ.

ޝިފާޒް ވިދާޅުވީ އިލެކްޝަން ކޮމިޝަނުންް ކުރަންޖެހޭ ބައެއް ކަންކަން މުލިއާގޭގައި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާ ޓެބްލެޓް މެދުވެރިކޮށް ކުރާތީވެސް ޝިފާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.

comment ކޮމެންޓް