އޭޝިއަން ގޭމްސްގައި ބައިވެރިވާން ރާއްޖޭގެ ޝޫޓިން ޓީމް ފުރައިފި

އޭޝިއަން ގޭމްސްގައި ބައިވެރިވާން ފުރި ރާއްޖޭގެ ޝޫޓިން ޓީމް-- ފޮޓޯ: ޝޫޓިން އެސޯސިއޭޝަން

އިންޑޮނޭޝިއާގައި މި އަހަރު ބާއްވާ 18 ވަނަ އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް ރާއްޖޭގެ ޝޫޓިން ޓީމް ރޭ އެގައުމަށް ފުރައިިފި އެވެ.

އެޝިއަން ގޭމްސްގައި ވާދަ ކުރަން ފުރި ރާއްޖޭގެ ޝޫޓިން ޓީމުގައި ފަސް އެތްލީޓުން ހިމެނެ އެވެ. އޭގެ ތެރެއިން ހަތަރު އެތްލީޓުންނަކީ ސިފައިންނެވެ.

ޝޫޓިން ޓީމުގައި ހިމެނެނީ ތިން ފިރިހެން އެތުލީޓުންނާއި ދެ އަންހެން އެތުލީޓުންނެވެ. އޭގެ ތެރެއިން އަންހެން އެތުލީޓުން ވާދަ ކުރަން ހަމަޖެހިފައި ވަނީ 25 މީޓަރު ފްރީސްޓައިލް އިވެންޓާއި 10 މީޓަރު އެއާ ރައިފަލް އިވެންޓުގަ އެވެ. ފިރިހެން އެތުލީޓުން ވާދަ ކުރަން ހަމަޖެހިފައި ވަނީ 25 މީޓަރު ތްރީ ޕޮޒިޝަން އިވެންޓާއި 10 މީޓަރު އެއާ ރައިފަލް އިވެންޓުގަ އެވެ.

ޝޫޓިން ޓީމު އިންޑޮނޭޝިއާއަށް ފުރުމުގެ ކުރިން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވަނީ ޓީމާ ބައްދަލުކޮށް ހިތްވަރު ދެއްވައިފަ އެވެ.

އޭޝިއަން ގޭމްސް ކުރިއަށް ދާނީ އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގައި މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސެޕްޓޭމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް