ކުރިޔަށް އޮތް ބޮޑު އީދަށް ވަގުތު ކުޑަތަން ވަމުން ދާއިރު މަޝްހޫރު ލަވަ ކިޔުންތެރިންނާއި ފިލްމީ ބައެއް ތަރިންގެ އިތުރުން ނެށުންތެރިން ވެސް ދަނީ ޢީދަށް ތައްޔާރުވަމުންނެވެ. ޢީދޫގެ ރޭތައް ފަޅުފިލުވާލަދޭށެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އިބްރާހީމަށް މި އަހަރުގެ ޢީދަކީ ވެސް ބިޒީ އަހަރެކެވެ. ޝޯތަކަށް ޝަލަބީ ހަމަ ތައްޔާރެވެ.
ޝަލަބީ އާ އެކު މިފަހަރު އޮތީ ވެސް ވަރުގަދަ ޓީމެކެވެ. މޯލްޑިވިއަން އައިޑޮލް އިން ފަހުރުވެރި ވަނަތަކެއް ހޯދި ކުޅަދާނަ ޓީމެކެވެ. އައިޑޮލްގެ ސީޒަން ތިނެއްގެ ދެވަނަ ރަނަރަޕް އަކަށް ހޮވުނު މަރިޔަމް މައީޝާ (ރާޅުމަރިޔަނބު) އާއި ރަނަރަފް އައިމިނަތު ސައިނާ މުހައްމަދުގެ އިތުރުން މިދިޔަ އަހަރުގެ އައިޑޮލް އިން ބޮޑު މަގުބޫލު ކަމެއް ހޯދި ހަސަން އިރުފާން (ޒަކިއްޓެ) އާއެކު ޝަލަބީގެ ޢީދު ޝެޑިއުލް ފުލް ވީ އެވެ.

ޝަލަބީ އާ އެކު މި އަހަރުގެ ޢީދު ޝޯތަކުން ފެންނާނެ ސައިނާ،
ޝަލަބީގެ ޓީމަށް ޢީދުގެ ފުރަތަމަ މަންޒިލަކީ އަވަށްޓެރި ސްރީލަންކާ އެވެ. މި ޝޯގައި ޕާފޯމް ކުރުމަށް "ހައުސް އޮފް މިއުޒިކް"ގެ ބޭންޑާ އެކު ޝަލަބީގެ ޓީމު ޢީދު ދުވަހު ލަންކާ އަށް ފުރުމަށް ވަނީ ހަަމަޖެހިފަ އެވެ.

ޝަލަބީ އާ އެކު މި އަހަރުގެ ޢީދު ޝޯތަކުން ފެންނާނެ މައީ...
ދެވަނަ ޝޯ ކ. އަތޮޅު ހިންމަފުށީގައި ދިނުމަށް ހަމަޖެހިފައިވާ އިރު ތިން ވަނަ ޝޯ ހއ. އަތޮޅުގެ ރަށެއްގައި ދިނުމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ހަތަރު ވަނަ ޝޯ ދިނުމަށް ހަމަޖެހިފައި ވަނީ ނ. އަތޮޅު ވެލިދޫގަ އެވެ. ނަމަވެސް އަތޮޅުތަކުގެ ޝޯތަކުގައި ސައިނާއެއް ނުފެންނާނެ އެވެ.
ޝަލަބީގެ ޓީމު އަތޮޅުތެރޭގައި ޝޯ ދޭއިރުު ސައިނާ ނެތް ނަމަވެސް ޝޯތަކުގެ ފޯރި ގަދަ ކުރާނެ ފަރާތެއް ހުންނާނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ. އެއީ ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާޒު (ތަޖޫބެ) އެވެ.

ޝަލަބީ އާ އެކު މި އަހަރުގެ ޢީދު ޝޯތަކުން ފެންނާނެ ޒަކިއްޓެ...
ވޭތުވެ ދިޔަ އަހަރު ވެސް ޝަލަބީ ވަނީ ހަތަރު ރަށެއްގައި ޝޯ ދީފަ އެވެ. ކޮންމެ ރަށަކުން ވެސް ޝަލަބީ އަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް އޭނާގެ ޓީމުން ބުންޏެވެ. މިފަހަރު ވެސް ޝޯތައް ފޯރިގަދަ ވާނެ ކަމުގެ ޔަގީން ކަން ޝަލަބީގެ ޓީމުން ދެ އެވެ.
ކޮންމެ ރަށަކުން ވެސް ލިބޭ ތަރުހީބާއި ސަޕޯޓަށް ޝަލަބީ އާއި އޭނާގެ ޓީމުން ވަނީ ޝުކުރުއަދާ ކޮށްފަ އެވެ.