އިންޑޮނޭޝިއާގައި ކުޑަ މަތިންދާބޯޓެއް ވެއްޓި، އަށް މީހަކު މަރުވެއްޖެ

މަތިންދާބޯޓު ގެއްުމުން އިންޑޮނޭޝިއާގެ ރެސްކިއު ސާވިސްއިން ބޯޓު ހޯދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އޭއެފްޕީ

ޖަކާޓާ (އޮގަސްޓު 12): އިންޑޮނޭޝިއާގައި އިއްޔެ ނުވަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެއް ވެއްޓި، އަށް މީހަކު މަރުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ޑިމޮނިމް އެއާއަށް ނިސްބަތްވާ އެބޯޓު ވެއްޓުނީ އެގައުމުގެ ޕަޕުއާ ޕްރޮވިންސުގައި ކުރަމުން ދިޔަ ދަތުރެއްގައި އެވެ. އަދި ބޯޓާ ގުޅުން ކެނޑުނީ އޮކްސިބިލް އެއާޕޯޓުގައި ބޯޓު ޖައްސަން އުޅެނިކޮށެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެބޯޓު މިހާރު ވަނީ ފަރުބަދަމަތީ ސަރަހައްދަކުން ފެނިފަ އެވެ. އަދި އެ ހާދިސާގައި ސަލާމަތްވެފައި ވަނީ ބޯޓުގައި އިން ކުޑަކުއްޖަކު އެކަންޏެވެ.

ނަމަވެސް އެކުއްޖާގެ ހާލަތާ ބެހޭ ގޮތުން ސިފައިން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ވެސް އިންޑޮނޭޝިއާގެ ޕަޕުއާ ޕްރޮވިންސުގައި މަތިންދާބޯޓެއް ވެއްޓި، ފަސް މީހަކު މަރުވި އެވެ. (އޭޕީ)

comment ކޮމެންޓް