"އިންޑިއާޒް މޯސްޓް ވޯންޓެޑް"ގެ ޝޫޓިން ފަށައިފި

އިންޑިއާޒް މޯސްޓް ވޯންޓަޑް ގެ ޝޫޓިން ވަނީ އިއްޔެ ފަށާފައި---

ބޮލީވުޑް އެކްޓަރު އަރުޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމު، "އިންޑިއާޒް މޯސްޓް ވޯންޓެޑް"ގެ ޝޫޓިން އިއްޔެ ފަށައިފިއެވެ.

ރާޖް ކުމާރު ގުޕްތާ ޑައިރެކްޓުކުރާ އެ ފިލްމުގައި އަރުޖުން ފެނިގެންދާނީ އިންޓެލިޖެންސް އޮފިސަރެއްގެ ރޯލުންނެވެ. މިއީ އަރުޖުންގެ 12 ވަނަ ފިލްމެވެ.

ފިލްމުގެ މަސައްކަތް ފެށިކަން ހާމަކޮށް އަރުޖުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޮންމެ ފިލްމެއްގެ މަސައްކަތް ފަށާ އިރުވެސް ކުރެވެނީ "މިޝަން"އަކަށް ދާކަމުގެ އިހުސާސް ކަމަށެވެ.

ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ނިއު ދިއްލީ އަދި ނޭޕާލްގެ އެކި ހިސާބުތަކުގައެވެ.

"އިންޑިއާޒް މޯސްޓް ވޯންޓެޑް"އަކީ އިންޑިއާގެ ނުރައްކާތެރި ޓެރަރިސްޓުން އަތުލައިގަތުމަށް ‎2012-2014 އާދެމެދު ކުރިއަށް ގެންދިޔަ ސިއްރު އޮޕަރޭޝަނެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމު ރިލީޒްކުރުމަށް ހަމަޖައްސައިފައި ވަނީ އަންނަ އަހަރުގެ މެއި 24 ގައެވެ.

comment ކޮމެންޓް