އެސްޓީއޯ އިލެކްޓްރޯނިކްސްގެ "އެސްޖޭ ކެމް އީދު ޕްރޮމޯ" ފަށައިފި

އެސްޓީއޯ އިލެކްޓްރޯނިިކްސް ޝޯރޫމް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އެސްޓީއޯ އިލެކްޓްރޯނިކްސް އިން އީދާ ދިމާކޮށް "އެސްޖޭ ކެމް އީދު ޕްރޮމޯ"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޖޭ ކެމް އަކީ ދުނިޔޭގެ އެކްޝަން ކެމެރާގެ މާކެޓްގައި އެންމެ ކުރީގައި އުޅޭ އެއް ބްރޭންޑެވެ. ދަތުރު ގޮސް އުޅޭއިރު އަދި ކުޅިވަރު ކުޅުން ފަދަ ހަރަކާތްތަކުގައި އުޅޭއިރު ފޮޓޯ ނަގަން ޚާއްސަ އެސްޖޭ ކެމް އަކީ ވޯޓާ ޕްރޫފްކޮށް ބޭނުންކުރެވޭ ކެމެރާއެކެވެ.

އެސްޓީއޯ އިން ބުނީ އިއްޔެ އިން ފެށިގެން، ސެޕްޓެންބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ގަންނަ އެސްޖޭ ކެމް ތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން ކޮންމެ ކެމެރާއަކާ އެކު ވޯޓާޕްރޫފް ކޭސިން އަކާއި ސެލްފީ ސްޓިކެއް ހިލޭ ލިބޭނެ އެވެ.

ޕްރޮމޯޝަނުގެ ތެރެއިން، އިންސްޓަގްރާމް އަދި ފޭސްބުކްގައި ޚާއްސަ އިނާމުތަކެއް ލިބޭ ހަރަކާތްތަކެއްް ކުރިއަށް ގެންދާނެ އެވެ.

އިންސްޓަގްރާމް ފޮޓޯ ކޮންޓެސްޓުގައި، އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމަށް ގޮސް، އެސްޖޭ ކެމް ފްރޭމްއާއެއްކޮށް ފޮޓޯ ނެގުމަށް ފަހު އިންސްޓަގްރާމަށް އަޕްލޯޑް ކޮށްގެން އެންމެ ގިނަ ލައިކްސް ލިބޭ މީހަކަށް އެސްޖޭ އެކްޝަން ވައިފައި ކެމެރާއެއް ލިބޭނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އެންޑް އިލެކްޓްރޯނިކްސްގެ ފޭސްބުކް ޕޭޖުގައި، އެސްޖޭ ކެމްގެ ޝެއާ އެންޑް ވިން ކޮންޓެސްޓެއް ކުރިއަށްދާނެ އެވެ. އެ ޕޯސްޓަރު ޝެއާ ކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް އެސްޖޭ 6 ލެޖެންޑް ކެމެރާއެށް ލިބޭނެ އެވެ.

އެސްޖޭ ކެމްއަކީ އެސްޓީއޯއިން މިއަހަރު ފެބްރުއަރީ މަހު، ކުރިން އުމަރު ޝޮޕިންގް އާކޭޑު ހުރި އިމާރާތުގައި ހުޅުވި އިލެކްޓްރޯނިކްސް ޝޯރޫމަށް އަލަށް ތައާރަފްކުރި ބްރޭންޑެކެވެ.

comment ކޮމެންޓް