Sun Online
ރޭ އުނގޫފާރު ނެރުމަށްޗަށް އެރި ކޮޅުވެއްޓި--- ފޮޓޯ/ އެެމްއެންޑީއެފް
ރޭ އުނގޫފާރު ނެރުމަށްޗަށް އެރި ކޮޅުވެއްޓި--- ފޮޓޯ/ އެެމްއެންޑީއެފް

އުނގޫފާރު ނެރުމައްޗަށް އެރި ކޮޅުވެއްޓި ފުން ކޮށްފި

ރިފާޒް އަހްމަދު ރިޔާޒް
ލިޔުނީރިފާޒް އަހްމަދު ރިޔާޒް

ރޭ އުނގޫފާރު ނެރުމަށްޗަށް އެރި ކޮޅުވެއްޓި އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ސިފައިންނާއި ކޮޅު ވެއްޓިގެ ވެރިފަރާތުން ގުޅިގެން ކުރި މަސައްކަތުން ފުންކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހެދުނު 9:00 އެހާކަންހާއިރު ކޮޅުވެއްޓި ފުންކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު އެ ކޮޅުވެއްޓީގައި ދެ ބިދޭސީންނާއި ހަ ދިވެހިން ތިބި ކަމަށާއި އޭގެން އެއްވެސް މީހަަކަށް ގެއްލުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮޅުވެއްޓިއަކީ "ލީމާ" ނަމަކަށް ކިޔާ އެމްޓީސީސީގެ ކޮޅުވެއްޓިއެއް ކަމަށެވެ.

ކޮޅުވެއްޓި ދަތުރުކުރީ އެކްސަވޭޓަރަކާއި ލޮރީއެއް އަރުވައިގެންނެވެ.

infinity loading...
×
DB released 01.