ސައިކަލަކުންޖެހި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެން ހިނގައްޖެ

ސައިކަލުންޖެހި ރެޑްވޭވް ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ---

ސަައިކަލަކުން ޖެހި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފި އެވެ.

މަޖީދީމަގުގަލޮޅު ދަނޑު ކައިރީހުންނަ ރެޑްވޭވް ފިހާރައިގެ ބިއްލޫގަނޑުގައި ސައިލަކެއްޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ސައިކަލުވެސް ވަނީ ފިހާރަ ތެރެއަށް ވަދެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ މިއަދު 11:45ގައި ކަމަށެވެ. އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިނީ 20 އަހަރުގެ އަންހެނެއް ކަމަށާއި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް ނެތްކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ އަތްތިލައިން ލޭއައިސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާ ހިނގީ ސައިކަލު ޕާކް ކުރަން އުޅެނިކޮށް ސައިކަލު ރޭސްކޮށްލެވި، ކޮންޓްރޯލު ނުވެގެންނެވެ. އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެކްސިޑެންޓުވި ސައިކަލުގައި އިނީ އަންހެނެއް ކަމަށެވެ. އޭނާ އަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނޭނގޭ ކަމަށާއި ނަމަވެސް ސައިކަލުގައި ލޭ ހުރި ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް