ގާ އަޅާ މެޝިނެއްގެ ތެރެއަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ރިސޯޓެއް ތަރައްގީކުރަމުން ގެންދާ ލ. ފަރެސް --

ލ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި ގާއެޅުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީއަކު ގާ އަޅާ މެށިނެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ރިސޯޓެއް ތަރައްގީކުރަމުން ގެންދާ ލ. ފަރެސް ކިޔާ ރަށެެއްގައެވެ.

މި ހާދިސާގައި މަރުވެފައިވަނީ 37 އަހަރުގެ ބަންގުލަދޭޝް މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

comment ކޮމެންޓް