އަމީތު އާއި އަބުޅޯ ގައްދޫން ހައްޔަރު ކޮށްފި

ގައްދޫއިން މެންބަރު އަމީތުއާއި އަބުޅޯ ހައްޔަރު ކުރަނީ--- ފޮޓޯ/ މީސްމީޑިއާ

ގދ. ގައްދޫ އަށް ވަޑައިގެން އުޅުއްވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އަބުޅޯ އާއި އަމީތު ހައްޔަރު ކުރީ ގައްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނަކަށް ހުރަސް އަޅަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ހައްޔަަރުކުރީ ގައްދޫގައި ދޮރުން ދޮރަށް ކެންޕެއިން ކުރައްވަން އުޅެނި ކޮށެވެ.

އިދިކޮޅު ކޯލިޝަންގެ މި ދެބޭފުޅުން ގައްދޫން ހައްޔަރު ކުރި އިރު، ހުވަދު އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު ހަވީރު ގައްދު އަށް ވަޑައިގަންނަވަން ނިންމަވައިފަ އެވެ.

އަމީތު އާއި އަބުޅޯ ގައްދުއަށް ވަޑައިގަންނަވާފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރޭގަ އެވެެ.

comment ކޮމެންޓް