ތޫނު އެއްޗަކުން ހަމަލާދީ ހުޅުމާލޭގައި ޒުވާނަކު ޒަހަމުކޮށްލައިފި

ހުޅުމާލެ--ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު އާޝިޔާ ސޯލިހް ވިދާޅުވީ މިއަދު ހެނދުނު 07:10ގައި ޒުވާނަކަށް ހަމަލާ ދީގެން 25 އަހަރުގެ ޒުވާނަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

އެ ޒުވާނާގެ އަށް ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ޒުވާނާއަށް އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އާއިލާގެ އެދުމުގެ މަތިން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ޒުވާނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރި އިރު އޭނާގެ ހާލު ހަމައަކަށް އެޅިފައިވާ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެސްޓީއޯ އިން ހަދާ ހޮޓާ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެން މިއަދު ހެނދުނު 07:00 ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންގެންދާ ކަަމަށެވެ. އަދި ބުނީ އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

comment ކޮމެންޓް