އީރާނުގެ މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު ހައްޔަރުކޮށްފި

އީރާނުގެ މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އަރާޗީ: އެނާ ހުރީ އީރާނުގެ މަރުކަޒީ ބޭންކްގެ ބޭރު ފައިސާ އާ ބެހޭ އެންމެ އިސް ވެރިއަކަށް.

އީރާނުން އެ ގައުމުގެ މަރުކަޒީ ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އަރާޗީއާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރު ކުރީ، ތަފާތު އިގްތިސާދީ ކުށްތަކުގައި ކަމަށް އީރާނުން ބުނެއެވެ. އަދި ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން ހައްޔަރުކުރީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރީގައި އުޅޭ ފަސް މީހަކު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އެ މީހުންގެ ކުށްތަކާ ގުޅޭ އިތުރު ތަފްސީލުތައް އީރާނުން ހާމައެއް ނުކުރެއެވެ.

އަރާޗީއަކީ އީރާނުގެ މަރުކަޒީ ބޭންކްގެ ބޭރު ފައިސާ އާ ބެހޭ އެންމެ އިސް ވެރިއަކަށް ހުންނެވި ބޭފުޅާއެވެ. އަދި އޭނާ ހައްޔަރުކުރުމުގެ ކުރިން، މަގާމުން ވަކިކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

އޭނާ މަގާމުން ވަކިކުރީ، އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ހަބަރުތައް ފެތުރުމާއެކު އެ ގައުމުގެ ފައިސާގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓިފައި ވަނިކޮށެވެ.

https://sun.mv/108714

އީރާން ފައިސާގެ އަގު ދަށްވެ، ޑޮލަރަކަށް 100،000 ރިޔާލްގެ ގޮތުގަ ހުރި އިރު، ބްލެކްމާކެޓުގައި އެ އަގު އުޅެނީ ޑޮލަރަކަށް 102،000 ރިޔާލްއަށް ވުރެ މަތިންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އަރާޗީ ހައްޔަރުކުރީ ބްލެކްމާކެޓުގައި ފައިސާ ވިއްކުމުން ކަމަށް ބެލެވެއެވެ.

comment ކޮމެންޓް