ކުޑަ އިއްބެގެ އީދު ޝޯވް މިފަހަރު ސައިނާއާ އެކު!

ކުޑަ އިއްބެ ޝޯވް އެއް ދެނީ---

ރާއްޖޭގައި މިހާތަނަށް ދުށް އެންމެ މޮޅު އެއް ލަވަކިޔުންތެރިޔަކީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އޭ ބުނުމުން ދޮގަކަށްނުވާނެއެވެ. ކުޑަ އިއްބެ އަކީ ރާއްޖޭގައި އެންމެ މޮޅު ފަސް ލަވަކިޔުންތެރިއެއް ހޮވަން ޖެހިއްޖެނަމަ ލިސްޓަށް އަންނާނެ ނަމެއްކަން ގައިމެވެ.

މިއުޒިކްގެ ހަޔާތުގައި 400 އަށްވުރެ ގިނަ ލަވަ ކިޔާދީފައިވާ ކުޑަ އިއްބެ ވެސް އެހެން އާޓިސްޓުންނެކޭ އެއްފަދައިން ތައްޔާރުވަމުން އަންނަނީ މި މަހު ކުރިމަތިވާ އަޟްހާ އީދަށެވެ. ރާއްޖެތެރޭ އީދު ފަޅުފިލުވައިލުމަށް ވެސް މި ވަރެއް ނެތެވެ.

އިއްބެއާއި އޭނާގެ ޓީމު މިފަހަރުގެ އީދަށް ތައްޔާރު އެވަނީ ތ. އަތޮޅަށް ދިޔުމަށެވެ.

ކުޑަ އިއްބެ ޝޯވް އެއް ދެނީ---

"އެދެމޭ ކަލާޔާ ގާތުގާ ވުމަށް" ލަވައިން މުޅި ރާއްޖެއަށް ވެސް މަޝްހޫރުވި ކާމިޔާބު މިއުޒީޝަންގެ އީދު ޝެޑިއުލް މިހާރު ފުލްވުމާ ގާތް ވަނީއެވެ. އިއްބެއާ އޭނާގެ ޓީމް ތިބީ ހަމަ ރަނގަޅަށް ވެސް އީދު ޝޯތަކަށް ތައްޔާރުވެފައެވެ.

މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)، މަރިޔަމް އަޝްފާ، ތާތި، ލަމް އަދި ސައިނާ ވެސް މިފަހަރު އީދު ޝޯތަށް ދިނުމަށް ތިބީ އަތުކުރި އޮޅާލައިގެންނެވެ. ފުރިހަމަ ޓީމެކެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ރަނަރަޕް ސައިނާގެ ފުރަތަމަ އީދު ޝޯވްއަށް މި ޝޯ ވާނެއެވެ. ކުޑައިރުން ފެށިގެންވެސް ސްޓޭޖްމައްޗަށް ލަވަކިޔަންއެރި ސައިނާ އަކީ މިހާރު ރާއްޖޭގެ އެންމެން ދަންނަ ހުނަރުވެރި ލަވަކިޔުންތެރިއެވެ. ލިސްޓުގައި ބާކީ ތިބީ ވެސް މި ރާއްޖެ ދުށް އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ތަރިންނެވެ.

"މި ފަހަރު ވެސް މިދަނީ ތ އަތޮޅަށް. އަދިވެސް އަޅުގަނޑުގެ ޓީމް ގެންދަންވާ ރަށްރަށުން އަޅުގަނޑުގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލާ،"

ކުޑަ އިއްބެ އަދި ލަވަކިޔުންތެރިޔާ ތޭރަވާ---

އިއްބެއާއި އޭނާގެ ޓީމް މިފަހަރު އަތޮޅުތެރޭގައި ވަރުގަދަވާނެ އެވެ. ސްޓޭޖްމަތި ފަޅުފިލުވައިދޭނީ އެ ޓީމުގެ ހިތްގައިމު ލަވަތަކުންނެވެ. މިފަހަރުގެ އީދު ވެސް ފޯރިގަދަކުރާނެ ކަމުގެ ޔަގީންކަން އިއްބެގެ ޓީމުން ދެއެވެ.

comment ކޮމެންޓް