އެސްޓާސް އިން ބޮޑު އީދާ ދިމާކޮށް "ކްރޭޒީ އީދު ސޭލް"ގެ ނަމުގައި ސޭލެއް ފަށައިފި އެވެ.
މިމަހުގެ އެކަކުން 26 އަށް ކުރިއަށް ގެންދާ މި ސޭލުން އެސްޓާާސްގެ ފިހާރަތަކުން ވިއްކާ މުދާ ހެޔޮ އަގުގައި ލިބޭނެ ކަމަށް އެސްޓާސް އިން ބުންޏެވެ.

އެސްޓަސްގެ ފިހާރަތަކަށް ޒިޔާރަތްކޮށްގެން އަދި އޮންލައިކޮށް ވެސް ސޭލުން މުދާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ސޭލުން ސޯފާސެޓާއި ޓީވީ، އެއާކޮންޑިޝަނާ ބެޑްރޫމްސެޓް އަދި ފްރިޖު ވެސް ހެޔޮ އަގުގައި ލިބޭނެ ކަމަށް އެސްޓާސް އިން ބުންޏެވެ.
މީގެ އިތުރުން އެސްޓާސް އަށް ގުޅައިގެން ވެސް މި ސޭލުން ތަކެތި ގަނެވޭނެ ކަމަށް އެ ފަރާތުން ބުންޏެވެ. އެގޮތުނ ފޯނުން ގުޅައި އޯޑަރު ދިނުމުން ތަކެތި މާލެ ހުޅުމާލެ އަދި ދޯނިތަކަށް ޑެލިވަރީ ކޮށްދޭނެ ކަމަށާއި އެސްޓާސް އާ ގުޅުމަށް ފަހު އިންޓަނެޓް ބޭންކިން އިން ފައިސާ ދެއްކޭނެ ކަމަށް އެސްޓާސް އިން ބުނެ އެވެ.
އެސްޓާސް އިން ވަނީ މިނިވަންދުވަހާ ދިމާކޮށް ވެސް ސޭލެއް ކުރިއަށް ގެންގޮސްފަ އެވެ.