އަންނަ އައު އަހަރަށް ޙާއްސަކޮށް ކަސްޓަމަރުންނަށް ފައިދާވާނެ އަގުހުރި އޮފާތަކެއް ދިރާގުން ތައާރަފުކޮށްފިއެވެ.
މި ފުރުސަތުތަކުގެ ތެރޭގައި ހަތަރު ޕްލޭނެއް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
އޭގެ ތެރޭގައި:
- ފްލެކްސީއަވާ: ދިރާގުން ބުނީ މި އެޑް-އޮން އަކީ ކުރު މުއްދަތަކަށް ޑޭޓާ ބޭނުންވާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭންއެއް ކަމަށެވެ. އެންމެ 10 ރުފިޔާއިން ފެށިގެން 5ޖީބީ ނުވަތަ 26ޖީބީ ޑޭޓާގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން އިންޓަނެޓް ބްރައުސްކުރުމަށް، ސްޓްރީމް ކުރުމަށް، އަދި ޑައުންލޯޑް ކުރުމަށް ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
- ސަޅި 365 ޑޭސް: ސަޅި 365 ޑޭސް ޕްލޭންގެ ދަށުން، އެއް އަހަރު ދުވަހަށް 765 ޖީބީ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން، ގާނާ އެޕްލިކޭޝަން މެދުވެރިކޮށް އެއް އަހަރުގެ މުއްދަތަށް ލަވަ އަޑުއަހާލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. މި ޕްލޭންގެ ތެރެއިން ކަސްޓަމަރުންނަށް ދުވާލަކަށް އެއް ޖީބީ ޑޭޓާ، 100ޖީބީ ބޯނަސް ޑޭޓާ، 300ޖީބީ އެންޓަޓެއިންމެންޓް ޑޭޓާގެ އިތުރުން ދިރާގު އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
- ސަޅި 180 ޑޭސް: ދިރާގުން ބުނީ ސަޅި 180 ޑޭސް އޮފާއަކީވެސް ދިގު މުއްދަތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާ ޕްލޭންއެއް ކަމަށެވެ. މި ޕްލޭންގެ ދަށުން އެއް ޓީބީ ޑޭޓާ، ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 12 މަސް ދުވަހުގެ ގާނާ ސަބްސްކްރިޕްޝަނެއް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އެކުންފުނިން ބުނީ މި ޕްލޭންގެ ދަށުން 180 ދުވަހުގެ މުއްދަތަށް، ދުވާލަކަށް 4ޖީބީ ޑޭޓާގެ އިތުރުން 180 ޖީބީ ބޯނަސް ޑޭޓާ އާއި 100ޖީބީ އެންޓަޓެއިންމަންޓް ޑޭޓާ ބޭނުންކުރެވޭނެ ކަމަށެވެ.
- ސަޅި 90 ޑޭސް: ދިރާގުން ބުނީ ސަޅި 90 ޑޭސް އޮފާއަކީ ކަސްޓަމަރުންނަށް ދުވާލަކަށް 2ޖީބީ ޑޭޓާ، 120ޖީބީ އެންޓަޓެއިންމެންޓް ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެ އޮފާއެއް ކަމަށެވެ.
ދިރާގުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ކުރިއަރުވައި، އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ރަނގަޅު ފުރުސަތުތައް ފޯރުކޮށްދޭ ހާއްސަ ޕްރޮމޯޝަންތައް ތައާރަފުކުރަމުންނެވެ.