ދައުލަތުގެ އާމްދަނީއާއި ހަރަދުތައް މަހުން މަހަށް އާންމު ކުރަން ފަށަނީ

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ދައުލަތުގެ ހަރަދުތަކާއި އާމްދަނީ މަހުން މަހަށް އާންމުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ޕަބްލިކް ފައިނޭންޝަލް މެނޭޖުމެންޓް ހަރުދަނާކުރުމަށް ވޯލްޑް ބޭންކުން ދިން 12 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އާންމުންނަށާއި ނޫސްވެރިންނަށް ފަސޭހައިން ދޭހަވާނެގޮތަކަށް މަހަކު އެއްފަހަރު އަދި ކޮންމެ ކުއާޓަރަކު އެއްފަހަރު ތަފާސްހިސާބުތައް އާންމު ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ކޮމެންޓްރީކޮށް މި ތަފާސްހިސާބު އާންމު ކުރައްވާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީގައި މި މަސައްކަތް ފަށާއިރު ދިވެހިބަހުންވެސް މައުލޫމާތު އާންމު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން މިއަދު ދިން އެހީއަކީ ރާއްޖޭގެ ޕަބްލިކް ފައިނޭންޝަލް މެނޭޖްމެންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ދަރަނި މެނޭޖުކުރުމަށާއި ކޭޝްމެނޭޖްމެންޓް އަދި ފައިނޭންޝަލް ރިޕޯޓިން ހަރުދަނާކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ދިން އެހީ އެކެވެ.

comment ކޮމެންޓް