އެންސިސްގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި

ހުޅުމާލެ މަގުމަތި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރިކުރާ އެންސިސްގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުޅުމާލޭން ފޭރިގަނެފި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް މިއަދު ވިދާޅުވީ ފައިސާތައް ފޭރިގަނެފައި ވަނީ ހުޅުމާލޭގެ މޮރިޝަސް ކޮމާޝަލް ބޭންކުން ނިކުމެގެން ކުންފުނީގެ ވޭނަށް އެރުމާ ދޭތެރޭގައި ކަމަށެވެ.

އެ މައްސަލަ ވަގުތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވަސީމް ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތައް ބަލާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް