ދިވެހި ބޭސްވެރިޔާ މާވާ މުހައްމަދު މަނިކު އަވަހާރަވެއްޖެ

މާވާ މުހައްމަދު މަނިކު، މީހަކަށް ހަނދާނީ ލިޔުމެއް އަރުވަނީ ---

މަޝްހޫރު ދިވެހި ބޭއްވެރިޔާ މާވާ މުހައްމަދު މަނިކު އަވަހާރަވެއްޖެ އެވެ.

ބޭސްވެރިކަމުގައި 45 އަހަރު ހޭދަ ކުރެއްވި މާވާ މުހައްމަދު މަނިކު އަވަހާރަވީ މިއަދު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ. އަވަހާރަވީއިރު އޭނާގެ އުމުރުފުޅަކީ 85 އަހަރުފުޅެވެ.

މާވާ މުހައްމަދު މަނިކަކީ ދިވެހި ބޭހުގެ ކްލިނިކެއް ހިންގަވާ ގިނަ ބަޔަކަށް ފަރުވާ ދިނުމުގެ އިތުރުން ދިވެހި ބޭސްވެރިކަން ކުރާނެ ގޮތް ގިނަ ބަޔަކަށް ދަސްކޮށްދިނުމަށްޓަކައި ތަމްރީނު ޕްރޮގްރާމުތައްވެސް ހިންގެވި ބޭފުޅެކެވެ.

މާވާ މުހައްމަދު މަނިކު ވަނީ ދިވެހި ބޭއްވެރިކަމުގެ ރޮނގުން 2000 ވަނަ އަހަރުވަނީ ހިތްވަރިދިނުމުގެ އިނާމުވެސް ހޯއްދަވާފަ އެވެ.

comment ކޮމެންޓް