ރައީސް ޔާމީނަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރަން ނިންމައިފި

ރައީސް ޔާމީން ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބިރުދައްކައި އިންޒާރުދީ ޓްވީޓެއް ކުރި މައްސަލާގައި އެކަށީގެންވާ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލްކޮށްފި އެވެ.

ރައީސް ޔާމީނަށް އިންޒާރުދިން ކަމަށް ބުނެ ފުލުހުން ބަލަމުން ދިޔައީ ލ. ގަން، ތުނޑި، ހުދުވިލާގެ މުހައްމަދު އަދުހަމް، 32 ގެ މައްސަލަ އެވެ. ފުލުހުން މިއަދު އަދުހަމަށް ފޮނުވާފައި އެމައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ ދައުވާ ކުރާ މިންވަރަށް ހެކި ލިބިފައި ނުވާތީ މައްސަލަ ފައިލް ކުރަން ނިންމާފައިވާ ކަމަށެވެ.

އެމައްސަލާގައި ފުލުހުން އަދުހަމްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން އަތުލި އެވެ. އަދި އޭނާ ދިރިއުޅު އެޕާޓްމެންޓްވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ.

comment ކޮމެންޓް