ބިޒްނަސް އެވޯޑްސްގެ ފައިނަލިސްޓުން އަންނަ ހަފްތާ އިއުލާނު ކުރަނީ

ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނޭ ބައެއް ބޭފޫޅުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް ބިޒްނަސް އެވޯޑަށް ވާދަކުރާ ފައިނަލިސްޓުން އަންނަ ހަފްތާ އިއުލާނު ކުރާނެކަމަށް އެވޯޑު އިންތިޒާމުކުރާ ބްލޭޒަން އިންކުން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި ކުންފުނިތަކަށް ދޭ އެވޯޑަށް 100 އަށް ވުރެ ގިނަ ކުންފުނިން ކުރިމަތިލާފައިވާއިރު ޕްރީ އިވެލުއޭޝަނަށް ފަހު ރޭ ވަނީ މި އެވޯޑުގެ ފައިނަލް ޖަޖިން ފަށައިފައެވެ.

ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަލްއުސްތާޒް އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.

ބްލޭޒަންގެ ސީއީއޯ ހަސަން ހިލްމީ ވިދާޅުވީ، އެވޯޑަށް ކުރިމަތިލާން ހުޅުވާލުމުން ކުންފުނިތަކުން ނަން ހުށަހަޅާފައިވަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"މަޝްހޫރު ބޮޑެތި ކުންފުނިތަކުން ވަނީ އެވޯޑަށް ކުރިމަތިލާފައި،" ހަސަން ވިދާޅުވިއެވެ.

ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނޭ ބައެއް ބޭފޫޅުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ޕްރީ-އިވެލުއޭޝަން އަށް ފަހު ޖަޖިން ޕްރޮސެސް ރަސްމީކޮށް ފެށިގެން ކުރިއަށްދާނެ. ފައިނަލިސްޓުން ހޮވުމަށްފަހު ފައިނަލިސްޓުން ޖަޖުން ކުރިމައްޗަށް އައިސް އިންޓަވިއު ދިނުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން ފެށިގެން ކުރިއަށްދާނެ،" ހަސަން ވިދާޅުވިއެވެ.

ވިޔަފާރިތައް ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ގާލާ އޮންނާނީ އަންނަ މަހުއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާ އަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމައިފައެވެ. މި ދާއިރާ ތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލައިޓް އެވޯޑްސް އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.

comment ކޮމެންޓް