ޓީވީ ތަރި ރީޓާ މަރުވެއްޖެ

ޓީވީ ބަތަލާ ރީޓާ

މަޝްހޫރު ޑްރާމާ ސިލްސިލާ "ކުމްކުމް"ގެ ބަތަލާ ރީޓާ ބަދްރީ މަރުވެއްޖެއެވެ.

އުމުރުން 62 އަހަރުގެ ބަތަލާ މަރުވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތުގައެވެ.

ބޭރު ޚަބަރުތައް ބުނާގޮތުގައި ރީޓާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުގައެވެ. އޭނާ މަރުވީީ ކިޑްނީ ބައްޔަށް ޑައިލަސިސް ހަދަމުން ދަނިކޮށެވެ.

ކިޑްނީ ފެއިލްވެފައިވާކަން އެނގުނު ހިސާބުން ވެސް ފިލްމު ކުޅުން ހުއްޓާލާފައިނުވާ އެ ބަތަލާ އެންމެ ފަހުން ކުޅުނީ ސްޓާ ބާރަތުގެ ހިންދީ ޑްރާމާ ސިލްސިލާ "ނިމްކީ މުކިޔާ" އެވެ.

އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮއްފައެވެ.

comment ކޮމެންޓް