ވިލި މުއައްސަސާ ކަޕްގެ ފައިނަލުގެ ޖާގަތައް ވިލިމާލެ ހިޔާއާއި އެމްޓީސީސީއަށް

ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ހިޔާއާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިލިމާލެ ހިޔާ މޮޅުވީ 5-3ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ފައިނަލުގެ ޖާގަތައް އެފްސީ ވިލިމާލެ ހިޔާއާއި އެމްޓީސީސީން ހޯދައިފިއެވެ.

ވިލިމާލެ ހިޔާއާއި އެމްޓީސީސީން ފައިނަލުގެ ޖާގަތައް ހޯދީ ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ހިޔާއާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިލިމާލެ ހިޔާ މޮޅުވީ 5-3ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ކްލަބު ވެމްކޯ އަތުން ވިލިމާލެ ހިޔާ މޮޅުވީ 5-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވިލިމާލެ ހިޔާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އިސްމާއިލް ވިފާގު ކާމިޔާބުކޮށްދިން އިރު، ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މުއާޒާއި އަހްމަދު ޝަމްހާދު އަދި އާސިފް ހަނީފެވެ.

އެ މެޗުގައި ވެމްކޯއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އިބްރާހިމް ޖުނާހު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީހެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވިލިމާލެ ހިޔާގެ އިސްމާއިލް ވިފާގަށް އިނާމު ހަވާލުކޮށްދިނީ އެމްޓީސީސީ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އޮޕަރޭޝަންސް އޮފިސަރު މުހައްމަދު ޝަމީމެވެ.

ވިލި މުއައްސަސާ ކަޕްގައި ވިލިމާލެ ހިޔާއާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިލިމާލެ ހިޔާ މޮޅުވީ 5-3ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ސެމީގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އެސްޓީއޯ އަތުން އެމްޓީސީސީ މޮޅުވީ 5-4ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްޓީސީސީން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ހުސައިން ނާސިފް ކާމިޔާބުކޮށްދިން އިރު، ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ރިޒްނީއާއި އަލީ މުނާޒް އަދި އިބްރާހިމް ނަޒީހެވެ.

އެ މެޗުގައި އެސްޓީއޯއިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އިމާދާއި ހަސަން ވިސާމެވެ. އެއިން ކޮންމެ ކުޅުންތެރިޔަކު އެސްޓީއޯއަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެމްޓީސީސީގެ ހުސައިން ނާސިފަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ސީނިއާ ސުޕަވައިޒަރު އިބްރާހިމް ގާހިރެވެ.

ވިލި މުއައްސަސާ ކަޕްގައި އެމްޓީސީސީއާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 4-5ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

އެ މުބާރާތުގައި ފައިނަލުގައި ވިލިމާލެ ހިޔާއާއި އެމްޓީސީސީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00ގައެވެ.

ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

ވިލި މުއައްސަސާ ކަޕްގައި އެމްޓީސީސީއާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޓީސީސީ މޮޅުވީ 4-5ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް)އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

comment ކޮމެންޓް