ސެމީގެ ޖާގަތައް ވެމްކޯ، ވިލިމާލެ ހިޔާ، އެސްޓީއޯ އަދި އެމްޓީސީސީއަށް

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ކުއާޓާގައި ވެމްކޯއާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 5-1ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ސެމީ ފައިނަލުން ކްލަބު ވެމްކޯއާއި، އެފްސީ ވިލިމާލެ ހިޔާއާއި، އެސްޓީއޯ އަދި އެމްޓީސީސީ ޖާގަ ހޯދައިފިއެވެ.

އެ ހަތަރު ޓީމުން ސެމީގެ ޖާގަތައް ހޯދާފައިވަނީ ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ކުއާޓާގައި ވެމްކޯއާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 5-1ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ވެމްކޯއިން ވަނީ 5-1ގެ ނަތީޖާއަކުން ޔޫތު މިނިސްޓްރީ ބަލިކޮށްފައެވެ. އެ މެޗުގައި ވެމްކޯއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު އިބްރާހިމް ޖުނާހު ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ޝަފީއުއެވެ.

ޔޫތު މިނިސްޓްރީގެ ހަމައެކަނި ލަނޑު، އެ ޓީމަށް ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވެމްކޯގެ އިބްރާހިމް ޖުނާހަށް އިނާމު ހަވާލުކޮށްދެއްވީ ޝެއިޚް އަބްދުލްރަހުމާން ޕްރީސްކޫލުގެ ޕްރިންސިޕަލް އާޝިޔާ އަބްދުލްކަރީމެވެ.

ރޭ ކުޅުނު ކުއާޓާގެ ދެވަނަ މެޗުގައި އެމްއާރްސީސީ ކޯސްޓްގާޑް އަތުން ވިލިމާލެ ހިޔާ މޮޅުވީ 10-5ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވިލިމާލެ ހިޔާއިން ޖެހި ދިހަ ލަނޑުގެ ތެރެއިން ހަ ލަނޑު އިސްމާއިލް ވިފާގު ކާމިޔާބުކޮށްދިން އިރު، އާސިފް ހަނީފް ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި މުހައްމަދު ޝަރީފް ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ކުއާޓާގައި ވެމްކޯއާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 5-1ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

އެ މެޗުގައި ކޯސްޓްގާޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ނަބީލާއި މުހައްމަދު އާރިޝްއާއި މުހައްމަދު އަލީއާއި އާދަމް ޝަމީލް އަދި ހުސައިން ހަފީޒެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވިލިމާލެ ހިޔާގެ އިސްމާއިލް ވިފާގަށް އިނާމު ހަވާލުކޮށްދެއްވީ ވިލިމާލެ ޔުނައިޓެޑްގެ ރައީސް އަހްމަދު ނާޒް (އާކޭ)އެވެ.

ކުއާޓާގެ ތިންވަނަ މެޗުގައި އެސްޓީއޯއިން ވަނީ 5-1ގެ ނަތީޖާއަކުން އެމްޑަބްލިޔުއެސްސީ ވިލިމާލެ ބަލިކޮށްފައެވެ. އެ މެޗުގައި އެސްޓީއޯއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަސަން ވިސާމާއި މުހައްމަދު އިސްމާއިލް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ އިމާދެވެ.

އެ މެޗުގައި އެމްޑަބްލިޔުއެސްސީގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އިބްރާހީމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެސްޓީއޯގެ މުހައްމަދު އިސްމާއީލަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ޝާނީޒެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ކުއާޓާގައި ވެމްކޯއާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 5-1ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު ކުއާޓާގެ ފަހު މެޗުގައި ވިލިމާލެ ޕޮލިސް އަތުން އެމްޓީސީސީ މޮޅުވީ 5-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްޓީސީސީން ޖެހި ފަސް ލަނޑުގެ ތެރެއިން އަހްމަދު ރިޒްނީއާއި އިސްމާއިލް ސިއާދު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޒަޔާން މުލާޒެވެ.

ވިލިމާލެ ޕޮލިހުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަލީ މުނާޒް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ އީނާޝްއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެމްޓީސީސީގެ ހުސައިން ނާސިފަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މެނޭޖަރު މުހައްމަދު ޝާނީޒެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭއެވެ. ހޯމަ ދުވަހުގެ ރޭ 8:00ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ވެމްކޯއާއި ވިލިމާލެ ހިޔާ ބައްދަލުކުރާ އިރު، ހޯމަ ދުވަހުގެ ރޭ 9:00ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯއާއި އެމްޓީސީސީއެވެ.

ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ކުއާޓާގައި ވެމްކޯއާއި ޔޫތު މިނިސްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 5-1ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް)އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

comment ކޮމެންޓް