ބުރިޖުގެ ރަސްމީ ދިވެހި ނަމަކަށް "ސިނަމާލެ ބުރިޖު"

ބުރިޖް--ފޮޓޯ/ ޓުވީޓާ

ޗައިނާ މޯލްޑިވްސް ފެރެންޑްޝިޕް ބްރިޖްގެ ރަސްމީ ދިވެހި ނަމަކީ "ސިނަމާލެ ބުރިޖު" ކަމަށް ހައުސިންގް މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރިޖަށް ދިވެހި ނަމެއް ދިނުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑެމީން މިދިއަ ނޮވެމްބަރު މަހު ހުޅުވާލި ފުރުސަތުގައި ގިނަ ނަންތަކެއް ސޯޝިއަލް މީޑިއާގައި އާންމުވެގެން ދިޔައެވެ.

ދިވެހި ބަހުގެ އެކަޑެމީން ބުރިޖަށް ކިޔާ ދިވެހި ނަމެއް ގޮތުގައި އޭރު ކަނޑައަޅާފައިވަނީ 'ދާލަން' ނުވަތަ 'ބުރިޖު' އެވެ.

ބުރިޖަށް ކިޔާ ދިވެހި ނަމެއް ގޮތުގައި ދިވެހި ބަހުގެ އެކަޑެމީން ކަނޑައެޅި ރަސްމީ ނަމަކީ 'ސިނަ - ދިވެހި ދާލަން" ކަމަށް ބައެއް މީޑިއާތަކުން ރޭ ރިޕޯޓުކޮށްފައިވަނިކޮށް ހައުސިންގެ މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖަށް ކިޔާ ރަސްމީ ދިވެހި ނަމަކީ 'ސިނަ މާލެ ބުރިޖު' ކަމަށެވެ.

މާލެ ހުޅުމާލެ ބުރިޖަކުން މިހާރު ވަނީ ގުޅާލާފައެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އަދި ބްރިޖު އެޅުމަށް ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ.

އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނުގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖު އެޅުމަށް ދިވެހި ސަރުކާރުން ހޭދަކުރާނީ ބާކީ 30 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް