ޖަސްޓިން ބީބާ އެންގޭޖްވެއްޖެ

ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި ލޯބިވެރިޔާ ހެއިލީ ބޯލްޑްވިން އެންގޭޖުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ލަވަކިޔުންތެރިޔާ އާއި 21 އަހަރުގެ މޮޑެލް އެންގޭޖްވީ ބަހާމާސްގެ ރިސޯޓެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަހާމާސްގެ ރިސޯޓެއްގައި ބީބާ އޭނާގެ ލޯބިވެރިޔާ އަށް ޕްރޮޕޯޒް ކުރި އިރު ބީބާގެ މައިންބަފައިންވަނީ މި އުފަލުގައި އޮންލައިންކޮށް ބައިވެރިވެފައެވެ.

ބީބާގެ ބައްޕަ، އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބީބާގެ ފޮޓޯ އަކާއެކު ބުނެފައިވަނީ، ކުރިއަށް އޮތް ޗެޕްޓާއަށް ވަރަށް އިންތިޒާރުކުރާ ކަމަށެވެ. އޭނާގެ މަންމަ ވަނީ "ލަވް ލަވް ލަވް" ޖަހައި ޓްވީޓެއް ކޮށްފައެވެ.

ބީބާ އާ ބޯލްޑްވިން އެންގޭޖްވެފައި މިވަނީ މީގެ ކުރިން ރައްޓެހިވެގެން އުޅުމަށްފަހު، ރުޅިވެ، އަލުން ގުޅުމަށްފަހުއެވެ. މިދޭތެރެއިން ބީބާއާއި ސެލީނާ ގޯމޭޒުގެ ގުޅުންވެސް ވަރަށް ބަދަހިވިއެވެ.

comment ކޮމެންޓް