ތިންވަނައަށް އެންމެ މުއްސަނދި މީހަކީ މިހާުރު މާކް ޒަކަބާގް!

ފޭސްބުކްގެ ކޯ ފައުންޑަރު އަދި ސީއީއޯ މާކް ޒުކަބާގް

ދުނިޔޭގައި ތިބި އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ތިންވަނަ ލިބެނީ ފޭސްބުކްގެ ކޯ ފައުންޑަރު އަދު ސީއީއޯ މާކް ޒަކަބާގަށް ކަމަށް ބްލޫމްބާގުން ބުނެފިއެވެ.

ބްލޫމްބާގުން އާންމުކުރި ހިސާބުތައް ދައްކާގޮތުން މިހާރު ދުނިޔޭގައި ތިބި އެންމެ މުއްސަނދި ތިން މީހުންނަކީވެސް ޓެކް ދުނިޔޭގައި ނުފޫޒުގަދަ ތިން މީހުންނެވެ. އެއީ އެމެޒޯންގެ ޒެފް ބެޒޯސް (142 ބިލިއަން ޑޮލަރު)، މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސް (94.2 ބިލިއަން ޑޮލަރު)، މާކް ޒަކަބާގް (81.6 ބިލިއަން ޑޮލަރު) އެވެ.

ލިސްޓުގެ ތިންވަނައަށް މާކް ޖެހިފައިމިވަނީ ލެޖެންޑަރީ އިންސްވެސްޓަރު، ވޮރެން ބުފޭ ފަހަތަށް ޖައްސައިލުމަށްފަހުއެވެ.

މާކްގެ މިލްކިއްޔާރު އިތުރުވެފައި މިވަނީ ފޭސްބުކްގެ ހިއްސާގެ އަގުވެސް މައްޗަށް ޖެހިފައިވަނިކޮށެވެ. އެގޮތުން އެކުންފުނީގެ ހިއްސާ 2.4 ޕަސެންޓު މައްޗަށް ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބްލޫމްބާގްގެ ބިލިއަނާސް އިންޑެކްސް ދައްކާގޮތުން ޓެކް ދުނިޔޭގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ މިލްކިއްޔާތު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް