އެއާޕޯޓުގައި ދެ ފުލައިޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މިއަދު އެކްސިޑެންޓްގައި ޖެހުނު ދެ ބޯޓު --- ފޮޓޯ/ ޓްވިޓަ

ވެލާނާ އިންޓަނެޝަނަލްް އެއާޕޯޓުގައި ދެ ފްލައިޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހެނދުނު 9:15 ހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ އެއާ އޭޝިއާގެ ބޯޓަކާއި ގަތަރު އެއާވޭސްގެ ބޯޓެއްގެ ފިޔަގަނޑު ޖެހިގެންކަން ވަނީ އެނގިފައެވެ.

އެއާޕޯޓުން ވަނީ އެ ހާދިސާ ހިނގިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއެވެ. މީހަކަށް ގެއްލުންވި ކަމެއް ނޫންކަމެއް އަދި ސާފު ނުވާ ކަމަށް އެއާޕޯޓުން ބުންޏެވެ.

މިހާރު އެކަން ހިނގާދިޔަގޮތް ތަހުގީގު ކުރަމުންދާ ކަމަށް އެއާޕޯޓުން ބުންޏެވެ.

comment ކޮމެންޓް